ވިޔަފާރި

ފުށިފަރު ރިސޯޓަށް ހޮޓޭ ގްރޭންޑިއޯ ތިން އެވޯޑެއް

Nov 26, 2018
1

ދިވެހިވަންތަ ގިނަ ސިފަތަކެއް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ފުރިފަރު ރިސޯޓަށް "ހޮޓޭ ގްރޭންޑިއޯ ގްލޯބަލް އެވޯޑު" ގެ ތިން އެ ވޯޑެއް ލިބިއްޖެ އެވެ.

ފުރިފަރު ރިސޯޓަށް މި ތިން އެވޯޑު ލިބުން އެ ރިސޯޓުގައި އިއްޔެ ވަނީ ފާހަގަ ކޮށްފަ އެވެ. ފުރިފަރު ރިސޯޓަށް މި އެވޯޑުތައް ދީފައިވަނީ ދުބާއީގައި މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެވޯޑު ދެނީ ރިސޯޓަށް އަންނަ ޓޫރިސްޓުންނާއި ހާއްސަ ޖަޖުންގެ ޕެނަލްއަކުން ބެލުމަށްފަހު އެވެ.

އެ ރިސޯޓަށް ލީޑިން ސްޕާ އެވޯޑާއި ބެސްޓް ޕޫލް ވިލާ އެވޯޑު ލިބިފައިވެ އެވެ. މީގެ އިތުރުން އެ ރިސޯޓުގައި ހިންގާ ހޭޅި ސްޕާ އަށް ނިއު ހޮޓެލް ސްޕާ އެވޯޑުވެސް ވަނީ ލިބިފަ އެވެ. މި އެވޯޑުތައް ވެސް ލިބިފައިވަނީ ރާއްޖޭގެ މަޝްހޫރު ގިނަ ރިސޯޓުތަކާ ވާދަކޮށްގެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 35 މިނެޓުން ދެވާ ރާސްތާގައި ތަރައްގީކޮށްފައިވާ ހިތްގައިމު މި ރިސޯޓުގައި 49 ބީޗް ވިލާ ހުރެ އެވެ. އަދި މި ރިސޯޓު ޓޫރިސްޓުންގެ މެދުގައި މަގުބޫލުވެފައިވަނީ ދިވެހިންގެ އެންމެ އިހުޒަމާނުގެ ދިރިއުޅުން މި ޒަމާނުގައި ދައްކުވައިދޭ ރިސޯޓެއްގެ ގޮތުގަ އެވެ.