ހަބަރު

ޕީޕީއެމްއިން ބައެއް މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓު ދެނީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމްގެ ބައެއް މެންބަރުންނަށް ޕްރަމަރީއަކާ ނުލާ ޓިކެޓު ދިނުމަށް އެ ޕާޓީ އިން ނިންމައިފި އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ޕީޕީއެމްގެ އޮފީހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާއެކު ހާއްސަ ބައްދަލުވުމެއް މިރޭ ކުރިޔަށް ދިޔަ ކަމަށެވެ. އެގޮތުން މަޖިލީޙުގެ ބައެއް ކަންކަމާއި މަޖިލީސް އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ބައެއް ޕީޕީއެމް މަޖިލީސް މެންބަރުންނަށް މާދަމާ ޓިކެޓު ހަވާލުކުރުން އެކަށީގެންވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ކުރެއްވި ޓްވީޓު

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވާދަ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި ޕީޕީއެމްއަށް ވަފާތެރި ބައެއް މަޖިލީސް މެންބަރުންނަށާއި މިނިސްޓަރުންނަށް ޓިކެޓު ދިނުމަށް ވަނީ ނިންމައިފަ އެވެ.