ވިޔަފާރި

ދިރާގުގެ ހަލުވި އިންޓަނެޓްގެ ހިދުމަތް އިތުރު ދެ ރަށަކަށް

ދިރާގު ހައި ސްޕީޑް ބްރޯޑް ބޭންޑް އިންޓަނެޓްގެ ހިދުމަތް ށ. މިލަދޫ އާއި ތ. ގުރައިދޫ އަށް ދީފި އެވެ.

ދިރާގުން ނިމިދިޔަ ހަފުތާގައި ވަނީ ށ. ފޮނަދޫ އަށް ވެސް ބްރޯޑްބޭންޑް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ދީފަ އެވެ.

ދިރާގުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް މިހާރު ވަނީ ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 45 އެހެން ރަށެކެވެ. ފައިބަ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް އޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެވެ. މިހާރު މި ރަށުގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމަޔަށް ލިބެމުންދާނެ އެވެ.

އެ ކުންފުނިން ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް އޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެވެ. މިހާރު މި ރަށުގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމަޔަށް ލިބެމުންދާނެ އެވެ.

ދިރާގުން ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން tިން މަސް ދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.