ވިޔަފާރި

ކެމްބޯޑިއާގައި ބާއްވާ ކޮންސްޓްރަކްޝަން ފެއާ ޖަނާހު ހުޅުއްވައި ދެއްވައިފި

Nov 29, 2018
7

ކެމްބޯޑިއާ ކޮންސްޓްރަކްޝަން ޖަމިއްޔާގެ ރަސްމީ ފެއާ އިފޮޕްކާގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު އަލީ ޖަނާހު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

ކެމްބޯޑިއާގެ ފްނޮމް ޕެންގެ ޑައިމަންޑް އައިލެންޑް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓާގައި ކެމްބޯޑިއާ ކޮންސްޓްރަކްޓާސް އެސޯސިއޭޝަން (ސީސީއޭ)ގެ ފެއާ ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޖަނާހުގެ އިތުރުން މްބޯޑިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަރު އޮފް ލޭންޑް މެނޭޖްމަންޓް، އާބަން ޕްލޭނިން އެންޑް ކޮންސްޓްރަކްޝަން ޗީއާ ސޯފާރާ އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސްގެ ހައިސިއްޔަތުން ފެއާ ހުޅުއްވައި ދެއްވަމުން ޖަނާހު ވިދާޅުވީ ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކޮށް މި ދަތުރަކީ އިފޮވްކާގެ ރައީސް ކަމަށް ހުވާ ކުރެއްވުމަށް ފަހު ހުރިހާ މެމްބަރު ގައުމަކަށް ދަތުރުކޮށް އެ ގައުމެއްގެ ކޮންޓްރެކްޓަރުންގެ ހާލަތު ބެއްލެވުމަށާއި އެ ގައުމެއްގައި ތިއްބެވި ދާއިރާގެ އިސްވެރިންނާއި ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަށް ކުރެވޭ ދަތުރުތަކުގެ ފެށުންކަމަށް ވިދާޅުވި އެވެ. ސީސީއޭ އިން މި ދާއިރާ ކުރިއެރުވުމަށާއި އެގައުމުގެ ކޮންޓްރެކްޓަރުންނަށް ފުރުސަތުތައް މަގުފަހިކޮށްދިނުމަށްޓަކައި ސީސީއޭ އާއި ސަރުކާރާއި ދެމެދުގައިވާ ގާތް ގުޅުމަށް މަރުހަބާ ދެންނެވި އެވެ.

މި ހަފްލާގައި މީގެ އިތުރުން ބައިވެރިވެވަޑައިގެންނެވި ފާހަގަކޮށްލެވޭ މެހެމާނުންގެ ތެރޭގައި ފްނޮމް ޕެން މުނިސިޕަލްޓީގެ ޑެޕިއުޓީ ގަވަނަ ހިޒް އެކްސެލެންސީ ސުއި ސެރިތް، ކެމްބޯޑިއާއަށް ކަނޑައަޅާފައިވާ ފްރާންސްގެ ސަފީރު އީވާ ނުޔެން ބިން އާއި އާސިސާން ބިޒްނަސް ކައުންސިލް ސީއޭބީސީގެ ގެ ރައީސް މިސްޓަރ ޒޫ ނިންގިންގް ބައިވެރި ވަޑައިގަތެވެ. އަދި ކެމްބޯޑިއާ ކޮންސްޓްރަކްޓަރސް އެސޯސިއޭޝަންގެ ރައީސް ނީކް އޮކާ ޕަންގް ކީވްސެ ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖޭގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ މަސީގެ ރައީސް އަދި އިފޮޕްކާގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ މުހައްމަދާއި އިފޮޕްކާގެ ރާއްޖެ ތަމްސީލް ކުރައްވާ ބޯޑް މެމްބަރު އަދި މަސީގެ ނާއިބު ރައީސް އަހުމަދު އަލާއު އަލީ އަދި މަސީގެ އެކްޒެކެޓިވް ބޯޑް މެމްބަރު އަދި 2020 އިފޮޕްކާ ކޮންވެޝަންގެ އޯގަނައިޒިންގް ކޯ ޗެއާ ކަމަށްވާ އަބްދުﷲ ސާލިހު އެވެ.

ރާއްޖޭގެ ފަރާތުން މަސީގެ ރައީސް އަދި އިފޮޕްކާގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ މުހައްމަދާއި އިފޮޕްކާއިން ރާއްޖެ ތަމްސީލް ކުރައްވާ ބޯޑް މެމްބަރު އަދި މަސީގެ ނާއިބު ރައީސް އަހުމަދު އަލާއު އަލީ ބައިވެރިވެޑައިގަތެވެ. މަސީގެ އެކްޒެކެޓިވް ބޯޑް މެމްބަރު އަދި 2020 އިފޮޕްކާ ކޮންވެޝަންގެ އޯގަނައިޒިންގް ކޯ ޗެއާ ކަމަށްވާ އަބްދުﷲ ސާލިހު އެވެ.