މުހައްމަދު އަލީ ޖަނާހް

ކޮންސްޓްރަކްޝަން ޝަރަފުވެރި އެވޯޑުގެ ޖަޖަކަށް ޖަނާ

ދުނިޔޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު، އިންސާފު ކުރާ ފަނޑިޔާރުންގެ ތެރޭގައި ރާއްޖޭގެ މުހައްމަދު އަލީ ޖަނާހު ހިމެނިއްޖެ އެވެ.

ވޯލްޑް ބޭންކް އާއި އައިއެމްއެފް ފަދަ ދުނިޔޭގެ ހުރިހާ މާލީ އިދާރާތަކާއި ހުރިހާ ގައުމުތަކެއްގައި ކޮންސްޓްރަކްޝަން އެއްބަސްވުންތައް ބިނާވެފައިވާ ސްޓޭންޑް ކަމަށްވާ ފެޑަރޭޝަން އޮފް ކޮންސެލްޓިން އިންޖިނިއަރިން (ފިޑިކް) އިން ދޭ ކޮންޓްރެކްޓް ޔޫސާސް އެވޯޑު 2021 އަށް އިންސާފުކުރާ ޖަޖުންގެ ތެރޭގައި ޖަނާހު ހިމެނުނުއިރު، ފަނޑިޔާރުންގެ ގޮތުގައި ދެން ތިއްބެވީ ވެސް ދުނިޔޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި ފާހަގަކޮށްލެވޭ ބޭފުޅުންނެވެ.

ފިޑިކްގެ މި އެވޯޑަށް ފަނޑިޔާރުކަން ކުރާ ބޭފުޅުންގެ ތެރޭގައި ޖަނާހުހެ އިތުރުން ހިމެނެނީ ފިޑިކްގެ ރައީސް ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ނެލްސަން އާއި ސުވިޒަލޭންޑް އާއި ޗައިނާ އަދި އިނގިރޭސިވިލާތުގެ އެކްސްޕާޓަރުންނެވެ.

މި އެވޯޑަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ކޮންޓްރަކްޝަން ސިނާއަތުގައި މަސައްކަތް ކުރާ އެކްސްޕާޓުން ވާދަކުރާ އެވޯޑެކެވެ. މި ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި އެއް މިލިއަން އިންޖިއަރުންނާއި ކޮންސެލްޓެންޓުން ތިބެ އެވެ.

ކޮންސްޓްރަކްޝަން ސިނާއަތުގައި "އޮސްކާ" ގެ ގޮތުގައި މިންކުރާ މި އެވޯޑަށް 190 ގައުމުން ކުރިމަތިލަ އެވެ. މި އެވޯޑުގައި މުޅި ދުނިޔެ އިން ހޮވާލައިގެން އަހަރުގެ އެންމެ މޮޅު ފިޑިކް ކޮންޓްރެކްޓަރު ހޮވުން ވެސް އޮންނާނެ އެވެ. މީގެ އިތުރުން ދޭ އެހެން އެވޯޑުތަކުގެ ތެރޭގައި ފިޑިކް ކޮންޓްރެކްޓް ކޮންސެލްޓެންސިން އޮފް ދި އިޔާ އާއި ފިޑިކް ކޮންޓްރެކްޓް (އިންޓަނޭޝަނަލް ފައިނޭންސިން އޮފް ދި އިޔާ) ހިމެނެ އެވެ. އަދި ފިޑިކް ކޮންޓްރެކްޓާ ޓްރެއިނީ އޮފް ދި އިޔާ އާއި ކޮންޓްރެކްޓާ އެޖެސްމަންޓް އޮފް ދި އިޔާ އަދި ފިޑިކް ގޯލްޑަން ޕްރިންސިޕަލްސް އޮފް ދި އިޔާ ފަދަ ވަނަތައް ހިމެނެ އެވެ.

އެއް މިލިއަން މެންބަރުން ތިބޭ

މި ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި އެއް މިލިއަން އިންޖިއަރުންނާއި ކޮންސެލްޓެންޓުން ތިބެ އެވެ. ކޮންސްޓްރަކްޝަން ސިނާއަތުގައި "އޮސްކާ" ގެ ގޮތުގައި މިންކުރާ މި އެވޯޑަށް 190 ގައުމުން ކުރިމަތިލަ އެވެ. މި އެވޯޑުގައި މުޅި ދުނިޔެ އިން ހޮވާލައިގެން އަހަރުގެ އެންމެ މޮޅު ފިޑިކް ކޮންޓްރެކްޓަރު ހޮވުން ވެސް އޮންނާނެ އެވެ. މީގެ އިތުރުން ދޭ އެހެން އެވޯޑުތަކުގެ ތެރޭގައި ފިޑިކް ކޮންޓްރެކްޓް ކޮންސެލްޓެންސިން އޮފް ދި އިޔާ އާއި ފިޑިކް ކޮންޓްރެކްޓް (އިންޓަނޭޝަނަލް ފައިނޭންސިން އޮފް ދި އިޔާ) ހިމެނެ އެވެ. އަދި ފިޑިކް ކޮންޓްރެކްޓާ ޓްރެއިނީ އޮފް ދި އިޔާ އާއި ކޮންޓްރެކްޓާ އެޖެސްމަންޓް އޮފް ދި އިޔާ އަދި ފިޑިކް ގޯލްޑަން ޕްރިންސިޕަލްސް އޮފް ދި އިޔާ ފަދަ ވަނަތައް ހިމެނެ އެވެ.

މި އެވޯޑު ދިނުން އޮންނާނީ ޑިސެމްބަރު މަހުގެ 9-7 އަކަށް އޮންނަ ފިޑިކް އޮފިޝަލް އިންޓަނޭޝަނަލް ޔޫސާސް ކޮންފަރެންސް 2021 ގަ އެވެ. މި އަހަރު މި އިވެންޓް ބާއްވަނީ ކޮވިޑުގެ ސަބަބުން އޮންލައިން ކޮށެވެ. މި ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި އެއް މިލިއަން އިންޖިއަރުންނާއި ކޮންސެލްޓެންޓުން ތިބެ އެވެ.

ރާއްޖޭގެ މުހައްމަދު އަލީ ޖަނާހު ފިޑިކް އެވޯޑުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނުނުއިރު އެމަނިކުފާނަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ )ގެ ރައީސް އެވެ. އަދި މިއީ މި ފަދަ ދުނިޔޭގެ ބޮޑު ޖަމިއްޔާއެއްގެ ރައިސްކަން ދިވެއްސަކު ކުރާ ފުރަތަމަ ފަހަރެވެ.