ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބު ފައިސަލް ނަސީމް، ވިލިމާލެ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވައްޗަށް މިއަދު މެންދުރުފަހު ޒިޔާރަތްކުރައްވައިފި އެވެ.
ރައީސްގެ ނައިބުގެ މިޒިޔާރަތަކީ ކުޑަކުދިންގެ ހިޔާގެ އެކި މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.
ނައިބު ރައީސް ފައިސަލަކީ މަޖިލިސް މެންބަރުކަން ކުރެއްވިއިރު ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ހިޔާގައި ދިރިއުޅޭ ކުދިންގެ ހައްގުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އޭގެއިތުރުން ފައިސަލްގެ ފައުންޑޭޝަނުން އެކި އެހީތައް އެތަންނަަށް ވަމުން ދިޔަ އެވެ.