ހެޕީ މާކެޓް

ހެޕީ މާކެޓުން މިފަހަރު ތައާރަފްކުރީ "މިންޓަނައިން ބްލޫލެމަނޭޑް"

Nov 29, 2018

ޖަރުމަނުގެ ރަހަމީރު ބުޔުމެއް ކަމަށްވާ "މިންޓަނައިން ބްލޫލެމަނޭޑް" ހެޕީމާކެޓުން ތައާރަފްކޮށްފި އެވެ. މި ބުއިމަކީ މިންޓް، ލެމަން އަދި ލައިމް ފްލޭވާ ބޭނުންކޮށްގެން އުފައްދާފައިވާ ވަރަށް މީރު ބުއިމެކެވެ.

މިންޓަނައިން ބްލޫލެމަނޭޑް އަކީ އެއްގޮތަކަށް ވެސް އެނާޖީ ޑްރިންކެއް ނޫނެވެ. އަދި އޭގައި އެއްވެސް ވަރަކަށް ކެފޭންގެ ބައިތައް ނުހިމެނޭނެ ކަމަށް ހެޕީ މާކެޓުން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ ޒުވާނުންނަށް ވަރަށް އެކަށީގެންވާ ބުއިމެކެވެ.

ޔޫރަޕްގެ މާކެޓްގައި ލައިފްސްޓައިލް ޑްރިންކެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ މިންޓަނައިން ބްލޫލެމަނޭޑް އަކީ ހޫނުގަދަ ދުވަހެއްގައި ކަރުތެރެއަށް ތާޒާކަން ގެނެސްދޭނެ ބުއިމެކެވެ. މީގެ އިތުރުން، މިންޓަނައިން ބްލޫލެމަންޑް އަކީ ރިސޯޓް ތަކުގައި ތަފާތު ވައްތަރުގެ ޑްރިންކް މިކްސް ހެދުމަށް ވަރަށް ކަމުދާނެ ބުއިމެެކެވެ.

މިންޓަނައިން ބްލޫލެމަނޭޑްގެ ރަހަ ދެއްކުމުގެ ހަރަކާތްތަކެއް ޑިސެމްބަރު މަހުގެ ތެރޭގައި ހިންގަން ހެޕީމާކެޓުން މިހާރު ވަނީ ރާވައިފަ އެވެ. މީގެއިތުރުން، "މިންޓަނައިން ބްލޫލެމަނޭޑް"އަށް ހާއްސަ ފޭސްބުކް އަދި އިންސްޓަގްރާމް ކޮންޓެސްޓެއްވެސް މާދަމާއިން ފެށިގެން ކުރިއަށް ގެންދާނެ އެވެ.

ހެޕީ މާކެޓްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ އެންމެ ކޮލިޓީ ރަނގަޅު ގިނަ އަދަދެއްގެ ކެއިން ބުއިމުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އެތަކެތި ރާއްޖެއިން ލިބޭނެ ގޮތް ހެދުމެވެ.