ވޮޝިންގްޓަން (ނޮވެމްބަރު 30) - އެމެރިކާގެ ކުރީގެ ރައީސް ޖޯޖު އެޗް ޑަބްލިޔު ބުޝް އަވަހާރަވެއްޖެކަމަށް ދާދި ދެންމެއަކު އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.
ޖޯޖު ބުޝް ސީނިއާގެ ނަމުން ގިނަ ބަޔަކު މުހާތަބުކުރާ، އެމެރިކާގެ ކުރީގެ ރައީސް އަވަހާރަވީ އުމުރުފުޅުން 94 ގައި ކަމަށް އެމަނިކުފާނުގެ ދަރިކަލުން އަދި ކުރީގެ ރައީސްކަން ކުރެއްވި ޖޯޖު ޑަބްލިއު ބުޝް އިސްވެ ނެރުއްވި ބަޔާނެއްގައި ބުނެފައިވެ އެވެ.
ރިޕަބްލިކަން ޕާޓީން، ޖޯޖު އެޗް ބުޝް ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ 1964 ވަނަ އަހަރު އެވެ.
ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ނައިބު ރައީސްގެ މަގާމުގައި ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު، ޖޯޖް އެޗް ބުޝް ވަނީ އެމެރިކާގެ 41 ވަނަ ރައީސްގެ ގޮތުގައި 1989 ވަނަ އަހަރު އިންތިހާބުވެ ވަޑައިގެންފަ އެވެ.
ނަމަވެސް، 1992 ވަނަ އަހަރު ބޭއްވުނު އިންތިހާބު، ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ނަމަވެސް، އެމަނިކުފާނު ވަނީ ބިލް ކްލިންޓަން އާ ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންފަ އެވެ.
އެމަނިކުފާނު އަވަހާރަވީއިރު، ފަސް ބޭފުޅުންނާއި، 17 ކާފަ ދަރިކަލުންނާއި، އަށް މުނިކާފަ ދަރިކަލުން ތިބެ އެވެ.