ހަބަރު

ވިލިނގިލީ ޕޮލިސް އެކޮމޮޑޭޝަންގައި ރޯވެ ދެ ފުލުހަކަށް އަނިޔާވެއްޖެ

Dec 2, 2018

ގއ. ވިލގިލީ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގައި ރޭ އަލިފާންގެ ހާދިސާއެއް ހިނގައި ދެ ފުލުހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

ރޭ ދަންވަރު 1:30 އެހާކަންހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވި އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅެމުން ދިޔަ އެއް ފުލުހެއްގެ ގައިގެ އެކި ތަންތަން ވަނީ ފިހިފަ އެވެ. އެގޮތުން މޫނު ނައްޗާއި ފަޔާއި އަތުގެ ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އަދި ދެ ވަނަ ފުލުސް މީހާ ސަލާމަތްވާން އުޅުމުގެ ތެރޭގައި އޭނާގެ ގޮޑު ހުޅުން ނެއްޓި ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ.

އެ ދެ ފުލުހުން ވެސް މިހާރު މާލެ ގެނެސް އަންނަނީ ފަރުވާދެމުން އެވެ.

އެތަނުގައި ރޯވި އަލިފާންގަނޑު ނިންވާލެވުނީ، ފަތިސް ވަގުތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ނިންވާލެވުނު އިރު މުޅިތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.