ވިޔަފާރި

ރެއިންބޯގެ އަހަރު ނިންމާ ބޮޑު ސޭލެއް ފަށައިފި

Dec 2, 2018

ރެއިންބޯ އެންޓަޕްރައިސަސްއިން އަހަރު ނިންމަން "އިޔާއެންޑް ސޭލް" ފަށައިފި އެވެ.

ރެއިންބޯގެ ފިހާރަތަކުގައި އިއްޔެއިން ފެށިގެން ކުރިއަށް ގެންދާ މި ސޭލް ރެއިންބޯ ލިވިން މޯލް އާއި ބިލްޑް ވެއާ އަދި ރެއިންބޯ ޝޮޕްގެ އިތުރުން ރެއިންބޯ ސިސްޓަމް ފިހާރަ އާއި ރެއިންބޯ އޮންލައިން ސްޓޯރުން ލިބެން ހުންނާނެ އެވެ. މި ސޭލް ކުރިއަށް ގެންދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

500ރ. އިން މައްޗަށް ކޫޕަނެއް

މި ސޭލް ކުރިއަށް ދާނީ 500ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަށް ކޫޕަނެއް ލިބޭ ގޮތަށެވެ. މި ކޫޕަނަށް ތިން ފަރާތަކަށް އައިފޯން ޓެކްސް އެކްސްގެ ފޯނެއް ލިބޭނެ އެވެ. މި ސޭލްގެ ގުރުއަތު ނެގުން އޮންނާނީ ޖެނުއަރީ 31 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:00 ގައި ރެއިންބޯ ބިލްޑް ވެއާގަ އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ރެއިންބޯއަށް މި އަހަރު ވަނީ 28 އަހަރު ފުރިފަ އެވެ. ރެއިންބޯ އެންޓަޕްރައިސަސްއަކީ 1990 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ.