ކުޅިވަރު

ނަބާހާ އާއި ނަބީހާގެ ދެބެންނަށް ރިހި މެޑަލް

ނޭޕާލްގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ 21 އަހަރުން ދަށުގެ ޑަބަލްސް އިވެންޓްގެ ފައިނަލުގައި، ރާއްޖޭގެ އެއްމާބަނޑު ދެ ކުދިން ކަަމަށްވާ، ފާތިމަތު ނަބާހާ އަބްދު ރައްޒާގް އާއި އާމިނަތު ނަބީހާ އަބްދު ރައްޒާގް ރިހި މެޑަލަ ހޯދައިފި އެވެ.

އެ އިވެންޓްގެ ރަން މެޑަލް ހާސިލު ކުރީ، އިންޑިއާގެ ޕެއާ އެވެ. އިންޑިއާގެ ޕެއާ މެޗު ކާމިޔާބު ކުރީ 14-21 އަދި 18-21 އިންނެވެ. މި ދެކުޅުންތެރިން ވަނީ މިދިޔަ އަހަރުވެސް މި މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ.

މުބާރާތުގެ ފައިނަލަށް، މި ދެބެން ދަތުރު ކުރީ، ސެމީ ފައިނަލުގައި ބަންގުލަދޭޝްގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ. ނަބާހާއި ނަބީހާގެ ދެ ބެން މެޗު ކާމިޔާބު ކުރީ 21-4 އަދި 21-15 އިންނެވެ.

ނަބީހާ ވަނީ ސިންގަލްސް އިވެންޓުން ތިން ވަނަ ހޯދައިގެން ލޯ މެޑަލް ހާސިލު ކޮށްފަ އެވެ. އޭނާ އަކީ ރާއްޖޭގެ ގައުމީ ސިންގަލްސް ޗެމްޕިއަނެވެ. ސެމީގައި އޭނާ ބަލިވީ އިންޑިއާގެ ޕެއާ އަތުންނެވެ.