ހަބަރު

ހުރިހާ ވަޒީރުންނަށް ވެސް ރުހުންދޭން ކޮމިޓީއިން ފާސްކޮށްފި

Dec 3, 2018
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ އެ ކޮމިޓީގައި މިއަދު ނެގި ވޯޓްގައި ބައިވެރިވި ނުވަ މެންބަރުންގެ އިއްތިފާގުން އެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ނަމާ އެކު، ކެބިނެޓްގެ 20 ބޭފުޅަކަށް ރުހުން ދޭން ކޮމިޓީގައި ވޯޓަށް އެހީ އެއް ފަހަރާ އެވެ. އެ ވޯޓް ނެންގެވި އިރު، ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުން ވެސް ވޯޓް ދެއްވީ އެ ހުރިހާ ބޭފުޅުންނަށް ވެސް ރުހުންދޭން ފެންނަ ކަމަށެވެ.

ކޮމިޓީގައި އެގޮތަށް ވޯޓަށް އެހުމުގެ ކުރިން ކޮމިޓީއިން ވަނީ އެއްވެސް ވަޒީރެއްގެ މައްސަލައެއް އޭސީސީގައި އޮއްތޯ ސާފުކޮށްފަ އެވެ. އަދި މަސްލަހަތު ފުށުއަރާ ވިޔަފާރިއެއްގައި ހިއްސާ އޮތްތޯ ވެސް ވަނީ ކޮމިޓީއިން ބަލައިފަ އެވެ. އަދި އެ ރިޕޯޓްތަކުގައި ހުރި ފާހަގަވާ ކަންކަމާ މެދު މެންބަރުން ވަނީ މިއަދުގެ ކޮމިޓީގައި ވާހަކަ ދައްކަވައިފަ އެވެ.