މުހައްމަދު މަލީހު ޖަމާލް

ވަޒީރުންނަށް ބިރު ދައްކާކަން ދަނީ ހާމަވަމުން: މަލީހު

އިތުބާރު ނެތްކަމުގެ މައްސަލާގައި މަލީހު މަޖިލީހުގައި ޖަވާބުދާރީވެ ވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް
0%
0%
100%

ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ބިރު ދައްކަމުންދާ ކަމަށް ވިދާޅުވި ވިދާޅުވުމުގެ ހަގީގަތް މިހާރު ފެންނަމުންދާ ކަމަށް ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހު މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ފޮރުވަން ކުރާ މަސައްކަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް "ހަލާކު" ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ. އެމަނިކުފާނު ވަނީ މިނިސްޓަރު ފައްޔާޒަށް އަމާޒުކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި މިރޭވެސް ފާޑުވިދާޅުވެފައެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު އެކުލަވައިލާ ސޮއި ހަމަ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރު މަސައްކަތް ކުރައްވާފައި ވެއެވެ. ނަަމަވެސް އެ މަސައްކަތަށް މެންބަރުންގެ ފުރިހަމަ ތާއީދު ނުލިބުމުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ މައްސަލަ ހުށައަޅަން ނަޝީދު ނިންމެވިއެވެ. އޭގެ ފަހުންވެސް ފައްޔާޒަށް އަމާޒުކޮށް ރައީސް ނަޝީދު ގެންދަވަނީ ތަފާތު ތުހުމަތުތައް ކުރައްވަމުންނެވެ.

މަޖިލީހުގައި މަލީހުގެ މައްޗަށް ކުރިއަށް ދިޔަ އިތުބާރު ނެތް ކަމުގެ ވޯޓުގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ދެއްކެވި ވާހަކަފުޅުތަކުގެ އޭނާ ވަނީ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ބިރު ދައްކަމުންދާ ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަދު މެމްބަރުންތަކެއް ސަރުކާރުގެ ވަޒީރުންނަށް ކަނޑައެޅިގެން ބިދު ދައްކަމުން އެބަ ދޭ. އޭގެ ތަފްސީލަކަށް ފެންނާން އެ އޮތީ [ކުރީގެ މިނިސްޓަރު] ޝިދާތާއަށް މަޖުބޫރު ކުރުވި އިސްތިއުފާ ދޭން،" މަލީހް އެ ދުވަހު ވިދާޅުވި އެވެ.

މަލީހު އެހެން ވިދާޅުވުމުން މަޖިލީހުގައި ހަގީގަތަށް ހިލާފަށް ވާހަކަ ދައްކާނަމަ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީ އަށް ފޮނުވާނެ ކަމަށާއި އަދި އެކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވާނެ ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ މައްސަލަ ކޮމެޓީއަށް ފޮނުވުމުން އެ ކޮމެޓީއަށް މަލީހު ހާޒިރުކޮށް ވަނީ ސުވާލުވެސް ކޮށްފައެވެ. ނަމަވެސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަން މަލީހު ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި ކޮމެޓީން ވަނީ މަލީހު ދެއްކެވީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ނިންމާ މަލީހަށް ނަސޭހަތް ދެއްވުމަށް ނިންމަވާފައެވެ.

ފައްޔާޒު އާ ރައީސް ނަޝީދުއާ ދެމެދު އޮތް ހިތްހަމަނުޖެހުމަށް އިޝާރާތް ކުރައްވާ މަލީހު މިރޭ ވިދާޅުވީ މި މަހުގެ ފުރަތަމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އޭނާ ދެއްކެވި ވާހަކަތަ ރަނގަޅުކަން މިހާރު ފެންނަމުންދާ ކަމަށެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންނަށް މިހާރު ވިސްނޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރަށް ހެދުނު މިސްޓޭކަކީ މިކަން [ވަޒީރުންނަށް ބިރު ދެއްކުން] ވިސްނުނުލެއް ލަސްވުން. ސަރުކާރުގެ ސަމާލު ކަމަަށް މިކަން މާޗް 2019 ގައި ގެނައިން،" މިހާރު އިދިކޮޅު ޕާޓީތަކާއެކު މަސައްކަތް ކުރައްވާ މަލީހު ވިދާޅުވިއެވެ.

13 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކަރު

ފައްޔާޒާ ނުކުޅެވުނީމަ ދެން ބެލީ މަލީހު ދުވަސް ދުއްވާލަން.އެންމެފަހުން އިބޫ އާވެސް ދިމާކޮއްފި.ވަޒީރުކަމައްމފެންބޮވިޔަސް ބޮޑުވަރު

ރިޔާޝް

އެންމެފަހުން ބާކީވީ ދޯ

އިރުފާން

ނަސީދު ހެދިހާގޮތަކައް ރުހިގެން އިބުޫ ހުރެއެންނު.މަ ހާދަނައްޓައޭ.ބޯ ގޮވާ 😂😂😂

ރަހީމް

މިގައުމު މދަނީ އިރާގާ ސީރިޔާގެ ހާލަތައް.ވިސްނާލީމަ ދެރަވޭ

ރިހުން

ނޫނޭ މަލީހު އަދި ވާނެ ކައުންސިލް އިންތިހާބުގަވެސް އެމްޑީޕީ އަށް ވޯޓުލާން.ގައުމުއެއްކޮއް ތަބަކަކަށް ލާފަދީ

ހިޔާނާތް

މަލީހަކީވެސް ހަމަ ފައްކާ ---

ޒައިކް

އެ އޯޓިޒަމް ކުއްޖެކެ..އަޅާލުން ބޭނުންވާނެ ތިހެން ނުބުނޭ

ރަމްޒީ

މަލީހު ނަޝީދުގެ ކައިރިއަށް ދިޔަކަމުން ލައްކަ ޖޮޅުވެއްޖެތަ

ހަފޫ

މަލީހަކަސް ކާސިމަކަސް ބިރުދައްކާކައް ނުޖެހޭނެ

މނިކާ ރޯއްޖާ

އިބޫގެ ބާރު އޮތްކަން އިނގޭ ފައްޔާޒުގެ އިތުރާނެއް ވޯޓުގަ.ކީއްވެތޯ އިބޫ މަލީހުމެންނާ އެއްކޮޅައް ނާރަންވީ

ސަމާން

މަލީހު ކަހަލަ އެޑިއުކޭޓެޑް މީހަކާ ނުކުޅެވޭނެ.އަންނި ކަހަލަ މީހެއް ނޫނޭ އެޔަކީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910