ކުޅިވަރު

ތިނަދުއަށް ކުޅުނު ޑިފެންޑަރު އިންޑިއާގެ ޗެމްޕިއަން ޓީމަށް

މިދިޔަ އަހަރު، ދިވެހި ޕްރިމިއާ ލީގްގައި، ގދ. ތިނަދޫ ޓީމަށް ކުޅުނު ކޮލަމްބިއާގެ ޑިފެންޑަރު، ޖޯޖޯ އީވާން ކައިސެޑޯ ރޮޑްރިގޭޒް، އިންޑިއާގެ އައި ލީގްގެ ޗެމްޕިއަން މިނާވާ ޕަންޖާބް އެފްސީއަށް ސޮއި ކޮށްފި އެވެ.

މިދިޔަ ސީޒަންގައި، އިންޑިއާގެ އެއް ވަނަ ލީގްގެ ޗެމްޕިއަންކަން ހޯދި، ޕަންޖާބް އެފްސީން އީވާންގެ ސޮއި ހޯދީ ސީޒަންގެ ބާކީ އޮތް ބަޔަށެވެ. އީވާން، ވަނީ މިދިޔަ އަހަރު ޕްރިމިއާ ލީގްގެ ހަތަރު ވަނަ މަގާމު ތިނަދުއަށް ހޯދައިދިނުމުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

އޭނާ ބުނީ، އޭޝިއާގެ ފުޓްބޯޅައަށް ހޭނިލުމަށް ރާއްޖެގައި ކުޅުމަކީ އޭނާއަށް ގިނަ ފައިދާތަކެއް ލިބުނު ކަމެއް ކަމަށެވެ. ރާއްޖޭގައި ކުޅެން ފުރުސަތު ލިބުމުން ދެކުނު އޭޝިއާގެ ސަގާފަތް އޮންނަގޮތް އޭނާ އަށް އެނގިގެން ދިޔަ ކަމަށް، އީވާން، 23 ބުންޏެވެ.

"ރާއްޖޭގައި ކުޅުމުން އަހަންނަށް ދަސްވި މި ސަރަހައްދުގެ ލައިފް ސްޓައިލަށް ފަރިތަ ވެލަން، އަދި މި ސަރަހައްދުގައި ފުޓްބޯޅަ އޮންނަ ގޮތްވެސް އަހަންނަށް ވަރަށް ގާތުން ފެނުނު ރާއްޖޭގައި ކުޅުނު އިރު،" އީވާން ބުންޏެވެ. "އެ ތަޖުރިބާއިން އަހަންނަށް އެނގޭނެ މިނާވާގައި ހޭދަ ކުރާނެ ގޮތް އަދި އެކަމުގެ ސަބަބުން އޭއެފްސީ ޗެމްޕިއަންސް ލީގް [ޕްލޭއޮފަށް] ތައްޔާރުވާއިރު އަހަންނަށް ވަރަށް ފައިދާ ވާނެ."

އޭނާ ބުނީ، ސީޒަންގެ ބޮޑުބައެއް މިހާރު ފާއިތުވެފައި ވީނަމަވެސް، ސީޒަންގެ ބާކީ ބައިގައި އޭނާ އަށް ޕަންޖާބް އެފްސީގެ ފެންވަރު މަތި ކުރުމަށްޓަކައި އޭނާއަށް އެހީތެރި ވެވޭނެ ކަމަށާއި ޓީމުގެ ޑިފެންސް އިތުރަށް ވަރުގަދަ ކުރުމަށް އޭނާ އެހީވެދޭނެ ކަމަށެވެ.

މިހާރު އެ ޓީމު އޮތީ އައި ލީގްގެ ތާވަލުގެ ހަ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ޗެންނާއީ ސިޓީ އެފްސީ އެވެ.