ވިޔަފާރި

ރެއިންބޯ ޗާލު ބަދިގޭގެ ނަސީބުވެރިޔާ ހޮވައިފި

Dec 5, 2018

ރެއިންބޯ އިން ކުރިއަށް ގެންދިޔަ "ޗާލު ބަދިގެ" ގެ މުބާރާތުގެ ނަސީބުވެރިޔާ ހޮވައި އިއުލާންކޮށްފި އެވެ.

ރެއިންބޯ އެންޓަޕްރައިސަސްއިން މި އަހަރުގެ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ގެންދިޔައީ ބަދިގޭގެ ފޮޓޯތައް ހިއްސާ ކުރާ ފަރާތްތަކަށް އިނާމެއް ދޭ ގޮތަށެވެ. މި މުބާރާތުގެ ނަސީބުވެރިޔާ އަށް ދޭން ނިންމާފައި ވަނީ، ފުލް ކެބިނެޓް އަދި ބަދިގެ އެޕްލަޔަންސަސް އެވެ. މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ޅ. ހިންނަވަރު އައިޝަތު ޝަބީނާ އެވެ.

ނަސީބުވެރިޔާ ހޮވާފައިވަނީ ތިން މީހުން ހިމެނޭ ޖަޖިން ޕެނަލްއަކުންނެވެ. މި ޕެނަލްގައި ހިމެނެނީ މަރިޔަމް ވަހިދާ އާއި ހިޝާން ގެ އިތުރުން ތައުފީގް އެވެ. ނަސީބުވެރިޔާ ހޮވުމުގެ ގޮތުން ޖަޖުން ވަނީ، މުބާރާތުގައި ޝޯޓް ލިސްޓް ކުރި ހަތް ގެއަށް ގޮސް އެގޭގެ ބަދިގެ ބަލައިފަ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް 500 އެއްހާ ބަދިގޭގެ ފޮޓޯތައް ފޮނުވާފައިވެ އެވެ.

ރެއިންބޯ އިން ދަނީ ފެންވަރު ރަނގަޅު ބަދިގެ ސެޓު ވިއްކަމުންނެވެ. ރެއިންބޯއިން ދަނީ ޖަރުމަންވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ނޮބީލިއާ ބަދިގެ ސެޓުތަކެވެ.