ހަބަރު

ގައުމީ ވިންދުގެ ނަމުގައި ސިޔާސީޕާޓީއެއް އުފައްދަން ހުއްދަ ދީފި

"ގައުމީ ވިންދު"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް
ކޮމިޝަނުން ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާސިޔާސީ ޕާޓީއެއް ހަދަން ހުއްދަ ދީފައިވާއިރު ދާދިފަހުން ވަނީ މޯލްޑިވްސް ތާޑްވޭ ޑެމޮކްރެޓްސް (އެމްޓީޑީ)ގެ ނަމުގައިވެސް ސިިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފަ އެވެ. އެމްޓީޑީން ވެސް ދަނީ ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މެމްބަރުންގެ އަދަދު ހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އާ ސިޔާސީ ދެ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ އިރު މިވަގުތު އެލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ 6 ޕާޓީއެއް އެބަ އޮތެވެ. އެއީ އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީޕާޓީއާއި، ޑީއާރުޕީއާއި،
އެމްޑީއޭގެ އިތުރުން ޕީޕީއެމް އެވެ.