ވިޔަފާރި

ދިރާގުން ވާވޭގެ އެންމެ ފޮޓޯ ރީތި ފޯނު އޯޑަރަށް ހުޅުވާލައިފި

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ރީތިކޮށް ފޮޓޯ ނެގޭ ފޯނު ކަމަށްވާ "ވާވޭ މޭޓް 20" އަދި "ވާވޭ މޭޓް 20 ޕްރޯ" ފޯނު ދިރާގުން މިއަދު ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

މެކްސްކޮމްއިން ރާއްޖެ އެތެރެކޮށް ވިއްކާ ވާވޭގެ މި ފޯން ދިރާގުގެ ވެބްސައިޓުން ޕްރީ- އޯޑަރު ނެގޭނެ އެވެ.

ވާވޭއިން އެންމެ ފަހުން ނެރެފައިވާ ވާވޭ މޭޓް 20 އަދި މޭޓް 20 ޕްރޯ ފޯނު މަޝްހޫރު ވެފައިވަނީ ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ފޮޓޯ ރީތީ ފޯނުގެ ގޮތުގަ އެވެ. އަދި މި ފޯންގެ މެމޮރީގައި 128 ޖީބީ ހުރެ އެވެ. އަދި މި ފޯނުގެ ދެ ކުލައެއް ވަނީ ބާޒާރަށް ނެރެފަ އެވެ. އެއީ މިޑްނައިޓް ބްލޫ އާއި ކަޅު ކުލަ އެވެ.

ވާވޭގެ މި ފޯނުގެ ހާއްސަ އަނެއް ސިފައަކީ ވަޔަލެސް ޖާހު ކުރެވޭ ގޮތް ހުރުމެވެ. އަދި މި ސިފައިގެ ސަބަބުން ވަޔަލެސް އެހެން ފޯނެއްގައި ޖައްސާލައިގެން ޗާޖު ކޮށްލެވެ އެވެ.

ދިރާގުން ވާވޭ މޭޓް 20 އަދި މޭޓް 20 ޕްރޯ ފޯނު އިންސްޓޯލްމަންޓު އުސޫލުން ވެސް ލިބޭނެ އެވެ. އަދި މި ފޯންއާއެކު ފަސް މަސް ދުވަހުގެ ފަސް ޖީބީގެ ޑޭޓާ ލިބޭނެ އެވެ.