ހަބަރު

ސިޔާސީ ހުކުމްތަކުގައި ތިބި މީހުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

Dec 6, 2018
1

ފެބްރުއަރީ 1، 2012 އިން ފެށިގެން ސިޔާސީ މަގުސަދުތަކަށް ޓަކައި ހުކުމެއް އިއްވާފައިވާ ފަރާތްތަކާއި ޖިނާއީ އަދުލުގެ
ނިޒާމުގެ ތެރެއިން ސިޔާސީ ސަބަބުތަކަށް ޓަކައި ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން ރައީސް އޮފީހުން މިއަދު ވަނީ ހުޅުވާލައިފި އެވެ.

ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީއެއް ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެކުލަވާލައްވައިފަ އެވެ.

ރައީސް އޮފީހުން ފުރުސަތު ހުޅުވާލީ، ސިޔާސީ މަގުސަދުތަކަށް ޓަކައި ހުކުމެއް އިއްވާފައިވާ ފަރާތްތަކާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ސިޔާސީ ސަބަބުތަކަށް ޓަކައި ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން މައްސަލަޔާ ގުޅޭ އެންމެހައި
ލިޔެކިޔުންތަކާއެކު، 6 ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސް އޮފީހަށް ހުށަހެޅުމަށެވެ.

މީގެ އިތުރުން ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުން އެ މައްސަލަތައް ރައީސް އޮފީހަށް ހުށަހެޅުއްވުމަށް ވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.