ވިޔަފާރި

ވާވޭ މޭޓް 20 އާއި 20 ޕްރޯ ދިރާގުން ވިއްކަން ފަށައިފި

ވާވޭގެ އެންމެ ފަހުގެ ފޯން ކަމަށްވާ ވާވޭ މޭޓް 20 އާއި 20 ޕްރޯ ދިރާގުން ވިއްކައި ފަށައިފި އެވެ.

ދިރާގުގެ މައި އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދެ ފޯނު ލޯންޗު ކޮށްދެއްވީ ދިރާގުގެ ޑިޖިޓަލް ޓްރާސްފޯމޭޝަން ޑިރެކްޓަރު މުހައްމަދު މުސާދު އެވެ.

މެކްސްކޮމް ޓެކްނޮލޮޖީސްއިން ރާއްޖެ އެތެރެކޮށް ވިއްކާ ވާވޭ މޭޓް 20ގެ 128 ޖީބީ ފޯނުގެ އަގަކީ 10،999 ރުފިޔާ އެވެ. އަދޮ ވާވޭ މޭޓް 20 ޕްރޯގެ 128 ޖީބީ ފޯނުގެ އަގަކީ 15،999 ރުފިޔާ އެވެ.

ދިރާގުން ވަނީ އިންސްޓޯލްމަންޓް އުސޫލުން ވާވޭ މޭޓް 20 އަދި 20 ޕްރޯ ނެގޭނެ ފަސޭހަ ގޮތެއް ހަމަޖައްސާފަ އެވެ. އެގޮތުން މޭޓް 20 ފޯނު 2،999ރ. ދައްކާލައިގެން މަހަކު 988ރ. ދެއްކުމުން ފޯނު ލިބެ އެވެ. އަދި މޭޓް 20 ޕްރޯ އިންސްޓޯލްމަންޓުގެ ގޮތުގައި 2،999ރ. ދެއްކުމުން މަހަކު ދައްކަން ޖެހޭނީ 1،148ރ. އެވެ.

ވާވޭގެ މޭޓް 20 ފޯނު ގަންނަ މީހުންނަށް އިނާމެއްގެ ގޮތުގައި ސްމާޓް ފްލިޕް ފޯން ކަވަރެއް ލިބެ އެވެ. އަދި މޭޓް 20 ޕްރޯގެ ފޯނު ގަތުމުން ސްމާޓް ފްލިޕް ކަަވަރެއްގެ އިތުރުން ވަޔާލަސް ޗާޖަރެއް ހިލޭ ލިބޭނެ އެވެ.