ކުޅިވަރު

82 އަހަރުވީ ބޮޑު ރެކޯޑެއް ޕާކިސްތާނުގެ ޔާސިރު މުގުރާލައިފ

އެންމެ އަވަހަށް 200 ޓެސްޓް ވިކެޓް ހަދައިގެން 82 އަހަރުވީ ބޮޑު ރެކޯޑެއް ޕާކިސްތާންގެ ސްޕިން ބޯލަރު ޔާސިރު ޝާހް މުގުރާލައިފި އެވެ.

ޔާސިރު 200 ވިކެޓް ހަމަކުރީ، ދުބާއީގައި މިހާރު ކުރިއަށްދާ ޓެސްޓް ސީރީޒްގެ ތިން ވަނަ ދުވަހުގައި ނިއުޒިލެންޑާ ދެކޮޅަށް ކުޅު މެޗުގަ އެވެ. އޭނާ ރެކޯޑް ހެދީއެންމެ 33 މެޗުންނެވެ. އޭނާގެ ކުރިން މި ރެކޯޑް އޮންނަނީ، އޮސްޓްރޭލިއާގެ ކްލަރީ ގްރިމިޓް އަތުގަ އެވެ. އޭނާ 200 ވިކެޓް ހަމަކުރީ 36 ޓެސްޓް މެޗުންނެވެ.

ގްރިމިޓް، ރެކޯޑް ހެދީ 1936 ވަަނަ އަހަރު ނިއުޒިލޭންޑާ ދެކޮޅަށް ކުޅުނު ހަތަރު ދުވަހުގެ ޓެސްޓް ސީރީޒްގެ ތިން ވަނަ ދުވަހުގެ މެޗުގަ އެވެ.

ޔާސިރު ޝާހް ރެކޯޑް ހެދުމުން، ޕާކިސްތާންގެ ކުރީގެ ކެޕްޓަން، މިހާރުގެ ބޮޑު ވަޒީރު އިމްރާން ހާން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އިމްރާން ވިދާޅުވީ މިދިޔަ ހަފުތާގައި ކުޅުނު މެޗެއްގައި 14 ވިކެޓު ނަގައިގެން އޭނާ ހަދާފައިވާ ރެކޯޑާކާވެސް ޝާހް އެއްވަރު ކޮށްފައިވާ ކަމަށެވެ. އެއީ އެއް މެޗެއްގައި 14 ވިކެޓް ހެދި ރެކޯޑެވެ.

ޔާސިރަކީ ޕާކިސްތާންގެ ކްރިކެޓް ކުޅުންތެރިންގެ ތެރެއިން އެންމެ އަވަހަށް 50 ވިކެޓް ހަމަ ކުރި ކުޅުންތެރިޔާ އެވެ. އޭނާ 50 ވިކެޓް ހެދީ ނުވަ ޓެސްޓު މެޗުންނެވެ. ސަތޭކަ ވިކެޓް ހެދީ 17 ޓެސްޓް މެޗުގަ އެވެ. އެއީ އިންގެލެންޑްގެ ޖޯޖޯ ލޯމަންގެ ފަހަތުން ދެ ވަނަ އަށެވެ. ޖޯޖޯ ލޯމަން، 1896 ވަނަ އަހަރު 100 ވިކެޓް ހެދީ 16 ޓެސްޓް މެޗުންނެވެ.