ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބަޔަކީ އަންހެނުންނެވެ. ނުވަތަ އަންހެން ޓޫރިސްޓުންނެވެ. އެހެންވެ ރާއްޖޭގެ ބައެއް ރިސޯޓުތަކަކީ ގިނަ އަންހެނުން އެންމެ ގަޔާވާ ތަންތަނެވެ. މިގޮތުން ޔުނައިޓެޑް އެރެބް އެމިރޭޓް (ޔޫއޭއީ)ގެ އަންހެންވެރިންގެ އާދަޔާ ހިލާފަށް ގަޔާވާ ލޯބި ޖެހިފައިވާ ރާއްޖޭގެ ދެ ރިސޯޓެއް އެބައޮތެވެ. މި ދެ ރިސޯޓް އެނގޭ ހެއްޔެވެ؟
"އެމިރޭޓް ވުމެން"ގެ ހަބަރުތައް ގެނެސްދޭ ސަައިޓެއްގައިވާ ގޮތުން އެ ގައުމުގެ އަންހެނުން އެންމެ ގަޔާވާ ރާއްޖޭގެ އެއް ރިސޯޓަކީ ކުޑަ ނަމަވެސް ރީތި ފަރުމާއަކަށް ހިތް ދަމައިގަންނަ ގޮތަށް ތަރައްގީ ކޮށްފައިވާ ނަލަދޫ ޕްރައިވެޓް އައިލެންޑް އެވެ.
އަރަބި ގިނަ މަހުޖަނުން މީގެ ކުރިން ވެސް ނަލަދޫ ގުޅިފައިވާ އަނަންތާރާ ވެލިގަނޑު އަދި ދިގުރަށް ގުޅިފައިވާ މި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. މީގެ ކުރިން މި ރިސޯޓުގައި ޗުއްޓީ ހޭދަކުރި އެންމެ ހައި ޕްރޮފައިލް ބޭފުޅުންނަކީ ޝައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނެވެ. ހާއްސަކޮށް ސައޫދީ ވަލީއަހުދެވެ.
ސުވާލަކީ މިރަށް ޔޫއޭއީގެ އަންހެނުންގެ ހިތުން ޖާގަ ހޯދީ ކީއްވެގެން ހެއްޔެވެ؟
އެއް ސަބަބެއް ކަމަށް ވަނީ މި ރިސޯޓުގެ ހިތްގައިމު ބީޗާއި މިތަނަށް އަންނަ ޓޫރިސްޓުންނަށް ލިބި ދޭ އާދަޔާ ހިލާފު ޕްރައިވެސީ އެވެ. އަދި މިތަނުގައި ހުރި 20 ބީޗް ހައުސް އާއި މޫދު ވިލާތަކުގައި ތިބޭއިރު ރާއްޖޭގެ ރީތި ގުދުރަތީ ރީތިކަން ތަން މިނަށް ފެންނަން އޮތުމެވެ. ކަނޑުން އަރައިގެން އަންނަ ހިތް ގައުމު ވައި ހުރަހެއް ނެތި އެމީހުންނާ ހަމައަށް ފޯރުމެވެ. އަދި އަދި ފަސް ތަރީގެ މީރު ކެއުންތައް ހިމެނޭ ރެސްޓޯރެންޓްތަކުން ދޭ ހިދުމަތްތައް ވެސް މިއީ ހާއްސަ އެއް ސިފަ އެވެ.
ޔޫއޭއީގެ އަންހެނުން ދެން އެންމެ އަންނަން ބޭނުންވާ އަނެއް ރިސޯޓު އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭނުން 50 މިނެޓުން ދެވޭ ރާސްތާގަ އެވެ. އެ ރިސޯޓަކީ ދ. ނިޔާމަ ޕްރައިވެޓް އައިލެންޑެވެ. "ތަކުރު"ގެ ނަމުގައި ހާއްސަ ބަޓްލާ ހިދުމަތް ހިދުމަތެއް ދޭ މި ރިސޯޓުގެ މި ހިދުމަތް ވަނީ ގިނަ ބައެއްގެ ހިތް ފަތަހަކޮށްފަ އެވެ. މިއީ އެ މީހުން އާދަޔާ ހިލާފަށް ދާން ބޭނުންވާ އެއް ސަބަބެއް ކަމަށް ވެދާނެ އެވެ. އަދި މި ރިސޯޓުގައި ދޭ ކުޑަކުދިން ކުޅެން ހާއްސަ ކިޑްސް ކްލަބާއި އެހެނިހެން ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށްފައި އޮތުންވެސް މިއީ މި ރަށް ހާއްސަވި ސަބަބެކެވެ.
ކޮންމެއަކަސް މި ދެ ރިސޯޓަކީ ޔޫއޭއީގެ އަންހެނުން އަންނަ އަހަރުގެ ޗުއްޓީ ރޭވުމުގައި އެންމެ އިސްކަން ދޭނެ ދެ ރިސޯޓު ކަމަށްވެ އެވެ. ސަބަބަކީ މި ރިސޯޓުތަކުން ލިބޭ ހިދުމަތްތަކުން އެމީހުންގެ ހިތް ފުރިފައިވުމެވެ.