ހަބަރު

ކޮރަޕްޝަން ހާމަކުރާ މީހުންނަށް ރައްކާތެރިކަންދޭ ބިލް މަޖިލީހަށް

ސަރުކާރުގައި ހިނގާ ކޮރަޕްޝަންތައް ހާމަކުރާ މީހުންނަށް ރައްކާތެރިކަން ދިނުމާ ބެހޭ ބިލް ނުވަތަ ވިސްލްބްލޯގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

މި ބިލްގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. ބިލްގައިވާ ކަންކަމުގެ ތަފްސީލްތަކެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. މަޖިލީހުން ބިލް ހާމަ ކުރާނީ ފުރަތަމަ ކިޔުން އިއްވުމުންނެވެ.

ވިސްލްބްލޯ ކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ކެމްޕެއިން ދުވަސްވަރު، ބޮޑު އީދުގެ ތަހުނިޔާ އަރިސްކުރުމަށް ރައީސް ސޯލިހު އޭރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ސަރުކާރުން ކޮރަޕްޝަނާއި މަގާމުގެ ނާޖައިޒު ބޭނުންކުރުން ހުއްޓާލުމުން ދައުލަތް މުއްސަނދި ވާނެ ކަމަށެވެ. އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދެއްވާނެ ކަމަށެވެ.

"ކޮރަޕްޝަން ހުއްޓުވުމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ސިޔާސަތު، ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ލިބެން އެބަޖެހޭ، ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިދޭ ވިސިލްބްލޯ ޕްރޮޓެކްޝަން އެކްޓް ގާނޫނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފާސްކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހާމަކުރި ގާސިމް އަބުދުލްކަރީމް ނުހައްގުން އެތައް އަދަބުތަކެއް ދީފައިވާކަން ފާހަގަކުރައްވާފަ އެވެ. އިބޫ ވިދާޅުވީ، ގާސިމް ފަދަ ފަރާތްތަކަށް ގާނޫނުން ރައްކާތެރިކަން އޭނާގެ ސަރުކާރެއްގައި ދެއްވާނެ ކަމަށެވެ. އެކަމަށް ހާއްސަކޮށް ވިސިލްބްލޯވާޒް ހިމާޔަތް ކުރެވޭނެ ގާނޫނެއް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުން ކޮރަޕްޝަނާއި މަގާމުގެ ނާޖައިޒު ބޭނުންކުރުން ހުއްޓާލުމުން ދައުލަތް މުއްސަނދި ވާނެ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"ކޮރަޕްޝަން ހުއްޓުވުމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ސިޔާސަތު، ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ލިބެން އެބަޖެހޭ، ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިދޭ ވިސިލްބްލޯ ޕްރޮޓެކްޝަން އެކްޓް ގާނޫނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފާސްކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހާމަކުރި ގާސިމް އަބުދުލްކަރީމް ނުހައްގުން އެތައް އަދަބުތަކެއް ދީފައިވާކަން ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ، ގާސިމް ފަދަ ފަރާތްތަކަށް ގާނޫނުން ރައްކާތެރިކަން އޭނާގެ ސަރުކާރެއްގައި ދެއްވާނެ ކަމަށެވެ. އެކަމަށް ހާއްސަކޮށް ވިސިލްބްލޯވާޒް ހިމާޔަތް ކުރެވޭނެ ގާނޫނެއް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.