ހަބަރު

މިނިސްޓަރުންގެ ނައިބަށް އިތުރު ދެބޭފުޅަކު އައްޔަންކޮށްފި

Dec 11, 2018
3

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މިނިސްޓަރުންގެ ނައިބު ފެންވަރުގައި ދެ މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ރައީސް މިނިސްޓަރުންގެ ނައިބު ފެންވަރުގައި އައްޔަން ކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުގެ މަގާމަށް ގއ. ވިލިނގިލި، އަލަދަޑިއާގެ ޝަރުމާ ނަސީރާއި އިސްލާމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް ގދ. ތިނަދޫ، ގީނާ އަހްމަދުﷲ ޖަމީލެވެ.

ރޭ ވެސް ވަނީ މިނިސްޓަރުންގެ ނައިބު ފެންވަރުގައި ތިން ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އެބޭފުޅުންނަކީ މިނިސްޓާ އޮފް ޓޫރިޒަމުގެ ނައިބުގެ މަގާމަށް މއ.އަމީނީވިލާ، ޑރ. ނައުޝާދު މުހައްމަދާއި، މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނައިބުގެ މަގާމަށް ސ.ހިތަދޫ، ކޯޒްވޭވިލާ ހިދާޔާ ނަސީރާއި، މިނިސްޓާ އޮފް ފޮރިން އެފެއާޒުގެ ނައިބުގެ މަގާމަށް ދ.މާއެނބޫދޫ، މޫރިތި އަބްދުﷲ ހުމައިދެވެ.