ދުނިޔެ

ސަރުކާރާ ހިޔާލުތަފާތުވެ އިންޑިއާގެ ގަވަރުނަރު އިސްތިއުފާ ދެއްވައިފި

Dec 11, 2018

ނިއު ދިއްލީ (ޑިސެމްބަރު 10) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކަރާއި މަރުކަޒީ ބޭންކާ ހިޔާލުތަފާތުވެ، އެ ގައުމުގެ ގަވަރުނަރު އިސްތިއުފާ ދެއްވައިފި އެވެ.

އުރުޖީތު ޕަޓޭލް އިސްތިއުފާ ދެއްވީ "އަމިއްލަ ސަބަބުތަކަށްޓަކައި" ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މަގާމު ދޫކޮށްލާވައިފަނީ ސަރުކާރާއި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ގަވަރުނަރުގެ އިސްތިއުފާ އާއެކު އިންޑިއާގެ އިގުތިސޯދަށް އެކަމުގެ ނޭދެވޭ އަސަރުކޮށް ރުޕީގެ އަގު ދަށަށް ހިނގައިދާނެކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފަ އެވެ.

މަރުކަޒީ ބޭންކަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާކަމަށް ޑެޕިޔުޓީ ގަވަރުނަރުވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރު ބޭއްވޭ އާންމު އިންތިހާބާއި ދިމާކޮށް، ސަރުކާރު ހިއްސާވާ ބޭންކުތަކުން ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މަރުކަޒީ ބޭންކަށް ޕްރެޝަރުކުރަމުންދާކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.