ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އޮތީ އިންވެސްޓަރުންނަށް ބޭނުންވެފައި: މިނިސްޓަރު

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ބޭރުގެ އިންވެސްޓަރުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު، ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

"ވީޓީވީ"ގެ ފަސްމަންޒަރު ޕްރޮގްރާމަށް މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ޓަކައި ކުރަން ޖެހޭ ހޭދަ ވަރަށް ވެސް ބޮޑު ކަމަށެވެ. މަސްވެރިކަން މީގެ ކުރިން އޮތް ހާލަތުން އަނެއް ހަރުފަތަކަށް ގެންދެވުނީ ވެސް، ކޫއްޑޫ ފިޝަރީސް ފަދަ ތަންތަނަށް، އައިއެމްއެފްއިން ދިން މާލީ އެހީތެރިކަމުގެ ސަބަބުން ކަމަށް ޒަހާ ވިދާޅުވި އެވެ. މަސްވެރިކަމުގެ ސިނާއަތް އަނެއްކާ ވެސް ކުރިއަރުވަން ޖެހޭ ހޭދަ ބޮޑުއިރު އެކަމަށް ބޭރުގެ އިންވެސްޓަރުންގެ އެހީތެރިކަން މިވަގުތުވެސް ރާއްޖެއަށް ބޭނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވޯލްޑް ބޭންކުގެ އިތުރުން އެހެން ފަރާތްތަކުންވެސް ރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން އިންވެސްޓްމެންޓް ދިން. ހަމަ
އެގޮތަށް މިހާރުވެސް ރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން ބޭރުގެ އިންވެސްޓްމެންޓް ލިބޭނެ ގޮތްތަށް އެބަ ބޭނުންވޭ،" މިނިސްްޓަރު ވިދާޅުވި އެވެ.

މަސްވެރިކަމަށް ހުރި ގޮންޖެހުންތަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މަސްވެރިކަން ކުރާ އުޅަނދު ފަހަރު ބޮޑުވިޔަސް މަސްވެރިކަމުގެ ސިނައާތަށް އެވަރު ތަރައްގީއެއް އައިސްފައެއް ނުވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ މަސްކުންފުންޏަށް ވިޔަސް އަދި އެހެން ކުންފުޏަކަށް ވިޔަސް މަސްވެރިން ބާނާ މަސް ގަތުމަށް ދަތިވާ ކަމަށް ޒަހާ ވިދާޅުވި އެވެ. ނުވަތަ ގަނެފަ ބަހައްޓާނެ ޖާގަ ކުންފުނިތަކުގައި ނުހުންނަށް ކަމަށް ވެސް ވިދާޅުވި އެވެ. މަހުގެ ހަމަ އަގު ހޯދަން، އިތުރު މާކެޓްތައް ހޯދަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މަސް ބޭނުން ކޮށްގެން އުފައްދާ ތަކެތި ގިނަކޮށް މާކެޓް އިތުރު ކުރަމަށް މަސައްކަތްކޮށް ރާއްޖެއިން އެ އުފެއްދުންތަށް އެކްސްޕޯޓް ކުރުމަށްވެސް ރަނގަޅު ނިޒާމެއް ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މަސްވެރި އުޅަނދުފަހަރު އެތަށް ގުނައެއް ބޮޑުވެފައިވީ ނަމަވެސް އެކަން މަސްވެރިކަމުގެ ސިނާއަތަށް އެވަރު ތަރައްގީއެއް އައިސްފައެއް ނުވޭ، ސަރުކާރު މަސްކުންފުޏަށް ވިޔަސް އަދި އެހެން ކުންފުޏަކަށް ވިޔަސް، މަހަށް ލިބޭ އަގު ދައް. ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވުމުގެ ގޮތުން އިތުރު ބާޒާރުތައް ހޯދާ، އެކްސްޕޯޓު ކުރެވޭނެ ގޮތްތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަން މި ވަނ ޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ އާމަސްވެރިކަމެއްގެ ދަށުން "ތުތިބޯ ދިލަމަހު" ގެ މަސްވެރިކަން އަޖުމަ ބެލަމަށްޓަކާ ޖަޕާން ސަރުކާރާ ގުޅިގެން މީގެ ދެއަހަރު ކުރިން ވަނީ ރާއްޖޭގައި ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮޖެކްޓުގައި އެކަށީގެންވާ ވަރަކަށް ތުތިބޯ ދިލަމަސް ބޭނިފައިވާ ކަމަށް އޭނަ ވިދާޅުވި އެވެ. އަދި މިކަމަކީ އާދައިގެ ދޯންޏެއްގައި ނުކުމެ ކުރެވިދާނެ މަަސްވެރިކަމަކަށް ވުމުން، މި މަސްވެރިކަން ކުރުމަށް ހުޅުވާލައި އަދި ތަމްރީނު ޕްރްގްރާމްތަށް ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތުތިބޯ ދިލަމަސް ކިލޯއެއް 15 ޑޮލަރަށް ލިބެ އެވެ.

"އަޅުގަނޑުމެން ތުތިބޯ ދިލަމަހުގެ މަސްވެރިކަން ވޭތުވެދިޔަ ދެތިން އަހަރުގައި ވަނީ ޖަޕާން ސަރުކާރާ ގުޅިގެން ކުރިއަށް ގެންފޮސްފައި، އެ ޕްރޮޖެކްުޓުގެ ތަހުލީލު މަސްވެރިކަމުގެ ދަތުރުގައި ހަމަ އެކަށީގންވާ އަދަދަކަށް ތުތިބޯ ދިލަމަސް ބޭނިފައިވޭ، މީކީ އެހާ ބޮނޑު އުޅަދެއް ބޭނުން ނުކޮށްވެސް މެދު ފަންތީގެ އުޅަދެއްގައި ނިކުމެ ކުރެވިދާނެ މަސްވެރިކަމެއް" މިނިސްޓަރު ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގައި ބޭރުގެ އުޅަނދުތަށް ހުއްދަ ހޯދައިގެން މަސްވެރިކަަން ނުކުރާ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮނޑު ސަރަހައްދަކަށް ވުމުން އެ ކަނޑުތައް ބަލަހައްޓަން އުނދަގޫ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ. މަސްވެރިކަމަށް ތަފާތު އުޅަނދެއް ނެރެ މަސްވެރިން މިހާރު މަސްވެރިކަމަށް މިދާ ހިސާބަށްވުރެ ދުރަށް ފޮނުވައިގެން ރާއްޖޭގެ މަސްކަނޑުތަށް ބަލަހައްޓަން ފެށުން މުހިންމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަސްދޯނި ފަހަރު ރާއްޖޭގެ އިގްތިސާދީ އިމުގެ ތެރެއަށް ވަންނަން ފަސްޖެހޭނެ ދިވެހި އުޅަނދުތައް އެ ހިސާބުގައި އުޅެންޏާ. އެހެން ކަންތަށް ކުރުމުން މޮނިޓަރިން ނިޒާމު ވަރަގަދަ ވެގެންދާނެ. ޓެކްނެލޮޖީގެ އެހީގައި ވެސަލް މޮނިޓަރިން ނިޒާމު މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ވާހަކަ ދައްކަވަމުން ޒަހާ ވިދާޅުވީ، އަންހެނެކަށް ވިޔަސް ފިޝަރީސް މިނިސްޓަރުކަމުގެ މަގާމުގައި ހުރެވޭނެ ކަމަށާއި، އޭނާއަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އެހީގައި ރާއްޖޭގެ މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް ކުރިއަރުވާނެ ކަމަށެވެ.

"މަސްވެރިކަމަކީ އަޅުގަނޑަށް އާވަޒީފާއެއްނޫން، އަޅުގަނޑު އެންމެ ފުރަތަމަ އަދާކުރި ވަޒީފާއަކީ ފިޝަރީސް ރިސާޗް، މިދާއިރާގައި އަހަރުތަކެއް ހޭދަކުރެއްވުމުން އާ ގޮންޖެހުންތަކެއް އަންނާނެ ކަމަށް ގަބޫލެއް ނުކުރަން" މިނިސްޓަރު
ވިދާޅުވިއެވެ.