ހައުސިން މިނިސްޓްރީ

ނުގަވާއިދުން ފްލެޓް ދިން މައްސަލަ ބަލަން ހާއްސަ ކޮމިޓީއެއް ރައީސް އުފައްދައިފި

ވޭތުވެދިޔަ ސަރުކާރުން ނުގަވާއިދުން ފްލެޓް ދީފައިވާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާއްސަށް ކޮމިޓީއެއް އުފައްދަވައިފި އެވެ.

ފަސް މެމްބަރުން ހިމެނޭ މިކޮމިޓީގެ މަސްއޫލިއްޔަތަކީ މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިކަމުގެ މަޝްރޫއު، "ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓް ލިބިފައިވަނީ ހައްގުވެރިންނައްތޯ ބެލުމާ އެކު "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް"ގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދޭނެ ގޮތްތަކަކާ މެދު ކެބިނެޓަށް ލަފާއެރުވުމެވެ.

މީގެ އިތުރުން ފްލެޓް ދިންގޮތާ ގުޅިގެން ރައްޔިތުން ހުށަހަޅާފައިވާ ޝަކުވާތަށް ބަލައި ދިރަސާކުރުމަކީ ވެސް އެ ކޮމިޓީއިން ކުރާނެ މަސައްކަތެކެވެ.

ކޮމެޓީ އުފެއްދުމަށް ރައީސްއަށް ލަފާ ދެއްވާދެއްވާފައި ވަނީ ވަޒީރުންގެ މަޖިލީހުންނެވެ. ކުރީ ސަރުކާރުން ފުލެޓްތަށް ދީފައިވާ ގޮތުގެ ސަބަބުން އޭރުގެ ސަރުކާރަށް ވަނީ ވަރަށް ބޮނޑަށް ފާޑު ކިޔާފައެވެ. ހާއްސަކޮށް އޭރުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުއަށް ވަނީ އާއްމުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑު ކިިޔުމާއި ކޮރަޕްޝަންގެ ތުހުމަތު އަމާޒު ވެފަ އެވެ.

ފުލެތު ދިންގޮތާ ބެހޭގޮތުން އާއްމުން ކުރަމުން ދިޔަ ޝަކުވާތަށް ބަލައި ތަހުގީގުކޮށް، ނުހައްގުން ފްލެޓް ލިބިފައިވާ މީހުން އަތުން ފުލެޓު އަބުރާ ހޯދައި ހައްގުވެރނިްނަށް ފުލެޓް އަބުރައި ދިނުމަކީ ރައީސް ސާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކެވެ.