ޗެމްޕިއަންސް ލީގް

"އެންމެ މޮޅު ސޭވުން" ލިވަޕޫލް ސަލާމަތުގެ އައްސޭރިއަށް!

Dec 12, 2018

ޗެމްޕިއަންސް ލީގްގެ ގުރޫޕް ސީ ގެ ފަހު މެޗުގައި، ނަޕޯލީއާ އާއި ލިވަޕޫލް މެޗު ނިމެން އެންމެ ދެ މިނެޓަށް ވެފައި ވަނިކޮށް، ނަޕޯލީގެ ފޯވަޑް އާރުކާ ޑިއުޒް މިލިކް ފޮނުވާލި ނުރައްކާތެރި ބޯޅަ ލިވަޕޫލްގެ ކީޕަރު އަލިސަން ދިފާއުކޮށް، ޗެމްޕިއަންސް ލީގް ދެ ވަނަ ބުރަށް ލިވަޕޫލް ގެންގޮސް ދީފި އެވެ.

ސީޒަންގެ ކުރީ ކޮޅު އުނދަގޫ ހާލަތެއްގައި ހުރިނަމަވެސް، މިދިޔަ އަހަރު ފެނިގެން ދިޔަ ތަފާތު ކުޅުން އަލުން ތަކުރާރު ކުރަމުންދާ މުހައްމަދު ސަލާހްގެ ހަމަ އެކަނި ލަނޑުން ނަޕޯލީ ބަލިވީ 1-0 ންނެވެ. އެ ބައްޔާއެކު ނަޕޯލީ ވަނީ ގުރޫޕުން ސްޓޭޖުން ކަޓާފަ އެވެ.

މެޗު ނމެން ދެ މިނެޓަށް ވެފައި ވަނިކޮށް ނަޕޯލީގެ ފޯވަޑް އަރުކާ ޑިއުޒް މިލިކްއަށް ގޯލް އޭރިއާ ތެރެއިން ބޯޅަ ލިބުމުން، އެންފީލްޑް ސްޓޭޑިއަމްގައި ތިބި ނަޕޯލީގެ ސަޕޯޓަރުންގެ އަޑުން ފޯރިގަދަ ކޮށްލި އެވެ. މިލިކް އާއި ލިވަޕޫލްގެ ކީޕަރު އަލިސަން އާ ދެމެދު ހުރަހެއް ނެތި ހުރީ ދެތިން ފޫޓެވެ. މިލިކް ފޮނުވާލި ބޯޅަ އަލިސަން ވަނީ ވެއްޓިގެން ފައި ދިފާއު ކޮށްފަ އެވެ.

"އެއީ ސީޒަންގެ އެންމެ މޮޅު ސޭވް،" އަލިސަން އަށް ތައުރީފް ކުރަމުން ކްލޮޕް ބުންޏެވެ. "އަހަންނަކަށް އެއްގޮތަކަށްވެސް ނޭންގެ އޭނާ އެ ބޯޅަ ސަލާމަތް ކުރަން އޭނާ ހެދި ގޮތެއް ބުނެދޭކަށްވެސް، ހަގީގަތަކީ މިލިކް އެ ބޯޅަ ޖެހީ ގޯލްކީޕަރާ ދިމާލަށް، ލިވަޕޫލްގެ ކުޅުންތެރިންނަށް އެ ސޭވް ވީ ގޯލެއް ފަދަ ސޭވަކަށް."

މި ގުރޫޕްގެ އެއް ވަނަ ހޯދީ، ސާބިއާގެ ރޭ ރެޑް ސްޓާ ބަލި ކުރި ޕީއެސްޖީ އެވެ.