ވިޔަފާރި

ރާއްޖޭގެ ސެންޓާރާ ރިސޯޓަށް ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑް

Dec 12, 2018

ރާއްޖޭގެ ސެންޓާރާ ރިސޯޓަށް ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑުގެ ދެ އެވޯޑެއް ލިބިއްޖެ އެވެ.

ތައިލެންޑުގެ ސެންޓާރާ ގްރޫޕުން ބުނީ ރާއްޖެ އަށް ލިބިފައިވަނީ ލަގްޒަރީ ފެމެލީ ބީޗް ރިސޯޓުގެ އެވޯޑާއި ލަގްޒަރީ އެޑަލްޓް ބީޗް ރިސޯޓު ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ ލަގްޒަރީ އެވޯޑުގެ ގޮތުގައި ބަލާ ވޯލްޑް ލަގްޒަރީ އެވޯޑުގެ އެޑަލްޓް ބީޗް ލަގްޒަރީ އެވޯޑު ލިބިފައިވަނީ ސެންޓާރާ ރަސް ފުށި ރިސޯޓަށެވެ. ރަސްފުށި ރިސޯޓު ތަރައްގީ ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސްޕީޑް ލޯންޗުގައި 20 މިނެޓުން ދެވޭ ހިސާބުގަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑަކީ 2006 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑަށް ތިން ލައްކައަށްވުރެ ގިނަ މީހުން ކޮންމެ އަހަރަކު ވެސް ވޯޓު ދެ އެވެ.