ވިޔަފާރި

ބޭރުގެ 50 ޓުއާ އޮޕަރޭޓަރުންއާއެކު އައިއެމްޓީއެމް އަންނަ އަހަރު

Dec 13, 2018
0%
0%
0%

އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) ބޭރުގެ 50 ޓުއާ އޮޕަރޭޓަރުންނާއެކު އަންނަ އަހަރު ބާއްވަން ނިންމައިި، ފެއާ ލޯންޗް ކޮށްފި އެވެ.

އައިއެމްޓީއެމް ފެއާ ލޯންޗް ކުރުމަށް މާގިރި ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނިއުޝާދު މުހައްމަދެވެ. އަންނަ އަހަރުގެ އައިއެމްޓީއެމް އޮންނާނީ ފަރުކޮޅު ފުށީގައި ޖޫން މަހު އެވެ.

ރާއްޖޭގައި އައިއެމްޓީއެމް ބާއްވަނީ ހެޔޮ އަގެއްގައި ރާއްޖޭގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ގެސްޓްހައުސް އަދި ޓުއާ އޮޕަރޭޓަރުންނާއި ސަފާރީތަކަށް އެމީހުންގެ ޓޫރިޒަމް ޕްރޮޑަކްޓްތައް އިޝްތިހާރު ކުރަން ފުރުސަތު ދިނުމަށެވެ.

އައިއެމްޓީއެމް ފެއާ މި އަހަރުވެސް ބާއްވާފައިވެ އެވެ. އައިއެމްޓީއެމް 2018 ގައި 18 ގައުމަކުން ބައިވެރިވެފައިވެ އެވެ. މި ގައުމުތަކުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް ކަމަށްވާ ޗައިނާ އާއި އިންޑިޔާ އަދި އިނގިރޭސިވިލާތުގެ އިތުރުން ގެސްޓްހައުސް މާކެޓަށް ޓޫރިސްޓުން އަންނަ ރަޝިއާ އާއި ޔޫކްރެއިން އަދި އަރަބި ބައެއް ގައުމުތައް ކަމަށްވާ ޔޫއޭއީ ފަދަ ގައުމުތައް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910