ކުޅިވަރު

ކިންގުސް ރޮށްވާލުމަށްފަހު ގައުމީ ބާސްކެޓްބޯޅަ ލީގް ޓީރެކްސްއަށް

ގައުމީ ބާސެކެޓްބޯޅަ ލީގްގެ މިދިޔަ އަހަރުގެ ޗެމްޕިއަން، ކިންގްސް ބާސެކެޓް ބޯޅަ ކުލަބު ބަލިކޮށް، މިއަހަރުގެ ގައުމީ ލީގް ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި އެވެ.

ރޭ ކުޅުނު ލީގްގެ ފަހު މެޗުގައި، ޓީރެކްސް މެޗު ކާމިޔާބު ކުރީ 74-69ންނެވެ.

މި ދެޓީމު ލީގް ފުރަތަމަ ބުރުގައިގައި ކުޅުނު މެޗު ކާމިޔާބު ކުރީ ކިންގްސް އެވެ. އެ މެޗު ކިންގްސް ކާމިޔާބު ކުރީ 96-77 ންނެވެ.

ޓީރެކްސް މެޗަށް ނިކުތީ އުނދަގޫ ހާލަތެއްގެ ތެރެއިންނެވެ. އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ތިބީ އަނިޔާގަ އެވެ. ޓީމުގެ ކޯޗް އިލްޔާސް އިބްރާހިމް 'އިއްލަ' ބުނީ ޓީމުގެ ދެން ތިބި ކުޅުންތެރިންނާ މެދުވެސް އޭނާ އިތުބާރު އޮތް ކަމަށާއި ކުޅުންތެރިންވެސް ކުޅުނީ އެ އިތުބާރު އޮވެގެން ކަމަށެވެ.

"މެޗަށް ނިކުތުމުގެ ކުރިން ގޭމް ޓޯކްސްގައިވެސް އަހަރެން ކުޅުންތެރިން ގާތު ބުނިން، މިކަން އަހަރެމެންނަށް ކުރެވޭނެޔޭ،" އިއްލަ ކިޔައި ދިނެވެ. "އެނގޭ މެޗު އުނދަގޫވާނެ ކަންވެސް ނަމަވެސް ވަރަށް ބޮޑު އިތުބާރެއް އޮވެގެން ކުޅުންތެރިން ކުޅުނީ، އެމީހުންގެ މެކްސިމަމް ދައްކައިދިން."

މިހާރު ޓީރެކްސްގެ އެންމެ ބޮޑު ޓާގެޓަކީ ކުރިއަށް އޮތް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި މިއަހަރު ރެކޯޑަކާއެކު ނިންމާލުމެވެ.

ޓީރެކްސް ދިވެހި ބާސްކެޓްބޯޅައިގެ ބްރޭންޑް