ލައިފްސްޓައިލް

ވާވޭ ފަހުގެ ފޯނު: ނުގަނެ ދޫކޮށްލާ ވަރަށް ވުރެ ސަޅި

Dec 14, 2018
4

ފޯނެއް ގަންނައިރު ބަލާލެވޭ އެންމެ މުހިންމު ސިފައަކީ އޭގެ ފީޗާ ތަކެވެ. ދެން އަންނަނީ އޭގެ ރީތި ކަމެވެ. ފޯނުގެ ރީތި ކުލަތަކާއި ފޯނު ފަރުމާ ކުރުމުގައި ގެންގުޅެފައިވާ ރީތި ބަނޑިތަކެވެ. މިގޮތަށް ބަލާއިރު މަޝްހޫރު ވާވޭ ކުންފުނިން އެންމެ ފަހުން ނެރުނު ފޯނު ވެގެންދަނީ "ވާވޭ މޭޓް 20" އަދި " ވާވޭ މޭޓް 20 ޕްރޯ" ވެގެން ދަނީ އެންމެ ހާއްސަ އެއް ސިފަތައް އެކުލެވިގެންވާ އެއް ފޯނަށެވެ. ތިރީގައި އެވަނީ ވާވޭއިން އެންމެ ފަހުން ނެރުނު ދެ ފޯނުގެ ތެރެއިން ގިނަ ބަޔަކު ހިތް ކިޔާފައިވާ "މޭޓް 20 ޕްރޯ" މި ފޯނުތަކުގެ އެންމެ ހާއްސަ ބައެއް ސިފަ ތަކަށެވެ.

ރިވާސް ޗާޖިން

މި ފޯނަކީ އާއްމުކޮށް ގެންގުޅޭ ދިގު ވާގަނޑުލީ ޗާޖަރާ ހިލާފަށް ވަޔަލެސްކޮށް ފަސޭހަކަމާއެކު ޗާޖު ކޮށްލެވޭ ފޯނެވެ. ފަނަ ވޮޓްގެ ވަޔަލެސް ޗާޖު ކޮށްލެވޭ މި ފޯނުގެ އެންމެ ހާއްސަ އެއް ސިފައަކީ މި ފޯނު "ވަޔަލެސް ރިވާސް ޗާޖު" ކޮށްލުމެވެ. މިއީ ކޮ ކިހިނެއްވާ ކަމެއް ހެއްޔެވެ ؟ މިހާތަނަށް ދުނިޔޭގައި ނެރުނު އެންމެ އަޖައިބު ކުރުވަނިވި އެއް ޓެކްނޮލޮޖީގެ ގޮތުގައި ބެލެވިދާނެ "ވަޔަލެސް ރިވާސް" ޗާޖިން ހިދުމަތުގެ ސަބަބުން ވަޔަލެސްކޮށް ޗާޖު ކޮށްލެވޭ އެހެން ޑިވައިސްއެއްގެ ނުފުށުގައި މި ފޯނު ބޭއްވުމުން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޗާޖު ކޮށްލަދޭނެ އެވެ. އެހެންވެ މިހާރު މި ގެންގުޅޭ ވާގަނޑުލީ ޗާޖަރު "ބޭންކް" ތަކުގެ ދައުރު ވެސް ނިމުނީ އެވެ.

ދެން އޮތި މި ފޯނުގައި ހިމެނޭ "ވާވޭ 40 ވޮޓް ސުޕަ ޗާޖު" ފީޗާ އެވެ. މި ސިފައިގެ ސަބަބުން ފޯނުގެ ޗާޖު ގިނައިރު ނުގޮސް ހިފަހައްޓާލަ އެވެ. އަދި ޗާޖުކޮދޭ ވަރު އެތަށް ގުނައެއް އިތުރު ކޮށްލަ އެވެ. މި ސިފައިގެ ސަބަބުން އެންމެ 30 މިނެޓުގެ ތެރޭގައި މި ފޯނު 70 ޕަސެންޓް ޗާޖު ކޮށްލަ އެވެ. އެހެންވެ، ނިދަން އޮށޯތުމުގެ ކުރިން ކޮންމެ ދުވަހަކު ފޯނު ޗާޖަށް ޖެހަން ކުރާ މަސައްކަތް ނިމުނީ އެވެ. ހޭލާއިރު ފޯނުގައި 10 ޕަސެންޓް ޗާޖު ހުއްޓަސް ފާހާނާއަށް ފެންވަރަން ވަންނަމުން ޗާޖަށް ޖަހާލާފަ ބައި ގަޑިއިރެއްހާއިރު ފަހުން ބަލާލާއިރު އެ އޮންނާނީ ފުލް ޗާޖު ވެފަ އެވެ.

މުޅި ފޯނަކީ ފިންގަ ޕްރިންޓް ސްކޭނާ އެއް

މި ފޯނުގެ އެންމެ ހާއްސަ އަނެއް ސިފައަކީ ފިންގަ ޕްރިންޓް ސްކޭނާ އެވެ. މިހާތަނަށް ބާޒާރަށް ނެރުނު އެހެން ފޯނުތަކުގައި އިނގިލި ސްކޭން ކޮށްލައިގެން ފޯނު ހުޅުވޭނެ ގޮތް ހުރެ އެވެ. އެކަމަކު މި ފޯނު ތަފާތެވެ. ސަބަބަކީ މި ފޯނުގައި ހާއްސަކޮށް ފިންގް ޕްރިންޓް ސްކޭނާ ނުހުރުމެވެ. ފޯނުގެ ކޮންމެ ތަނެއްގައިވެސް ފޯނު ފިންގަ ޕްރިންޓް ކޮށްލެވިދާނެ އެވެ. އެހެންވީއިރު، މިއީ ފަސޭހަ ސިފައަކަށް ވާނެ އެވެ. މި ފޯނު ހުޅުވޭނީ ހަމައެކަނި މި ސިފައިން އެކަންޏެއް ވެސް ނޫނެވެ. މި ފޯނުގައި ހިމެނޭ "ތްރީޑީ ފޭސް އަން ލޮކް" ހިދުމަތް މެދުވެރިކޮށް ފޯނު ފަސޭހަކަމާއެކު ހުޅުވާލެވޭނެ އެވެ.

ފޮޓޯ ނަގަން ހާއްސަ؛ ހަތަރު ކެމެރާ

މި ފޯނު ގިނަ މީހުންގެ ހިތް ފަތަހަކުރި އެއް ސަބަބަކީ ފޮޓޯ ރީތިވުމެވެ. އެހެންވެ ދުނިޔޭގައި ތިބި މަޝްހޫރު ބްލޮގަރުންގެ ޖީބުތަކާ ހަމައަށް ވާވޭ މޭޓް 20 ޕްރޯ ވަނީ ވާސިލްވެފަ އެވެ. ފޯނުގެ ނުފުށިގައި ހަތަރު ކެމެރާއެއް ނުފުށުގައި ހަރުކޮށްފައި ހުރެ އެވެ. މިއީ 40 މެގަޕިކްސްއެލް ކެމެރާ ސެޓެކެވެ. މި ކެމެރާތަކުގެ ސަބަބުން މިވެގެންދަނީ އެންމެ ވައިޑްކޮށް ފޮޓޯ ނަގާލެވޭ އެއް ކެމެރާގެ ގޮތުގަ އެވެ. ދެން މި އޮތީ އެންމެ މުހިންމު ކެމެރާ އެވެ. ސެލްފީ ނަގާނަމަ ހަމަ ޔަގީނުންވެސް ޕްރޮންޓް ކެމެރާ މޮޅުވާން ޖެހޭނެ އެވެ. މި ފޯނުގައި ފްރަންޓް ކެމެރާއަކީ މިއީ 24 މެގަ ޕިކްސްއެލްގެ ކެމެރާ އެކެވެ.

ރޭގަނޑުގެ ފޮޓޯގައި ދުވާލުގެ އަލި!

ރޭގަނޑު ފޮޓޯ ނަގަން ގިނަ ފޯނުތައް ކަމަކު ނުދެ އެވެ. އެހެންވެ ވާވޭއިން މިވަނީ އެކަމުގެ ހައްލު މިފަދަ ގެނެސްދީފަ އެވެ. މި ފޯނު ހާއްސަވާ އެއް ސަބަބަކީ "ލޯ ލައިޓް" އަލީގައި ފޮޓޯ ނަގާލުމެވެ. މި ފޯނުގެ "ނައިޓް މޯޑު" ގެ ސަބަބުން ފޮޓޯ އާދަޔާ ހިލާފު ރީތިކޮށްދެ އެވެ. އަދި ފޮޓޯ ނަގާ ވަގުތު ފޯނު ސްޓޭބަލް ކޮށްލުމަކީ ފޮޓޯ ރީތިވާ އެއް ސަބަބެވެ.

ރާއްޖޭގައި އެންމެ އަގުހެވީ މެކްސްކޮމް އިން

ފޯނުގެ ސިފަތަކާއި ފޯނު ކިތަންމެ މޮޅަސް އަގު ބޮޑުނަމަ ގަންނަން ދަތިވާނެ އެވެ. ވާވޭގެ މި ފޯނު ގަންނަން ދާއިރު އެންމެ ފުރަތަމަ ވިސްނަން ޖެހޭނީ އަގަށެވެ. މިގޮތަށް ބަލާއިރު އެންމެ ރަނގަޅު "ޑީލް" ލިބެނީ ކޮން ތަނަކުން ތޯ ބަލަން ޖެހެ އެވެ. މިގޮތަށް ވިސްނާއިރު އެންމެ ރަނގަޅު އަގެއް މިހާރު ލިބޭނެ އެންމެ އަގު ހެޔޮ ތަނަކީ މެކްސްކޮމް ޓެކްނޮލޮޖީ އެވެ. މިއީ އެއް އަހަރުގެ ވޮރަންޓީ ދޭނެ އެވެ. އަދި ވަޔަލެސް ޗާޖަރަކާއި ހާއްސަ ފޯނު ކަވަރެއްވެސް ލިބޭނެ އެވެ.