ކުޅިވަރު

ޓީ 20 ގައުމީ އަންހެން ކްރިކެޓް ޗެމްޕިއަންކަން ކުނަހަންދޫ އަށް

ފައިނަލުގައި ފުވައްމުލަށް ސީބީއެލް ބަލިކޮށް ޓީ 20 ގައުމީ ކްރިކެޓް ޝީލްޑްގެ އަންހެން ޗެމްޕިއަންކަން ކުނަހަންދޫ މާލެ ސްޕޯޓްސް ހޯދައިފި އެވެ.

ގުރުލައިގެން ޓޮސް ދިމާވުމުން ފުވައްމުލަށް ސީބީއެލް ނިންމީ ހޮވުމަށެވެ. ކުނަހަންދޫ ކުޅެން އަރައި 141 ލަނޑު ހެދި އެވެ.

ފުރަތަމަ އޯވަރު ތެރޭގައި 25 ލަނޑު ހެދި އެވެ. ކުނަހަންދޫގެ ހަފުސާ 45 ލަނޑު ހެދި އެވެ. ސުމައްޔާ ހަމީދު 39 ލަނޑު ހެދި އެވެ. އަމާނީ ވަނީ ދެ ވިކެޓް ނެގި އެވެ. އައިޝަތު އައިމާ އާއި ހަނީފާ ކޮންމެ ކުޅުންތެރިޔަކު އެއް ވިކެޓް ނެގި އެވެ.

ޖަވާބުގައި ފުވައްމުލަށް ސީބީއެލް ކުޅެން އެރުމުން، ކުނަހަންދޫގެ ފާތިމަތު ޝަޖާ ވަނީ ސީބީއެލްގެ ކެޕްޓަން ޒޫނާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނުބައި ކޮށްލާފަ އެވެ. ދެ ވަނަ އޯވަރުގައި ފުވައްމުލަށް ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އައިމާ ކުޅެން އެރުމުން ކުނަހަންދޫގެ ސުމައްޔާ ވަނީ އައިމާ ނުބައި ކޮށްލާފަ އެވެ. ފަހުން ފުވައްމުލަށް ސީބީއެލްއިން ކުޅެން ރަނގަޅު ކުޅެވުނު ނަމަވެސް ނަތީޖާ އަނބުރާ ލެވޭ ގޮތެއް ނުވި އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ، ފުވައްމުލަށް ޓީމުގެ އައިޝަތު އައިމާ އެވެ. އެންމެ މޮޅު ބޯލާއަކަށް ހޮވުނީވެސް އޭނާ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ކުނަހަންދޫގެ ސުމައްޔާ ހަމީދު އެވެ. އެންމެ މޮޅު ބެޓްސްމަނަކީވެސް އޭނާ އެވެ. އެންމެ މޮޅު ފީލްޑަރަކަށް ހޮވުނީ ފުވައްމުލަށް ޓީމުގެ ހައްވާ ޒުހާ އެވެ.