މާރިޔާ އަހުމަދު ދީދީ

ސިފައިންގެ ފްލެޓްތައް ވީ އެންމެ އަވަހަކަށް ނިންމުމަށް މިނިސްޓަރު ބާރުއަޅުއްވައިފި

ސިފައިނަށް ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި އިމާރަތް ކުރަމުންދާ "ސިފްކޯހިޔާ" ގެ މަސައްކަތް ކުރިއަށް ދާގޮތް މިއަދު ހެދުނު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްލަވާލައްވައިފި އެވެ.

ސިފައިިންގެ ފުލެޓްތައް ކުރިޔަށް ދާ ހުޅުމާލެ ސައިޓަށް ވަޑައިގެން މާރިޔާ ވަނީ މަސައްކަތް ކުރިއަށްދާ ބާރުމިނާއި، އިމާރާރުތުގެ އިންޓީރިއާ ޑިޒައިން ހުންނާނެ ގޮތުގެ މައުލާމާތު އޮޅުން ފިލުއްވާފަ އެވެ. އަދި ސިފައިންނަށް ހާއްސަކޮށް ހަދަމުންދާ ފުލެޓްތަކުގެ ސަަލާމާތި ކަންކަން ހުރިގޮތް ބެލުމުގެ އިތުރުން އެ އިމާރާތުގައި ގާއިމް ކުރާ ޕާކިން ނިޒާމުގެ މައްސަކަތް ބަލާ، ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުން ފިލުއްވި އެވެ.

މިިޒިޔާރަތުގައި މިނސްޓަރު މާރިޔާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އަދި ސިފްކޯގެ އިސްވެރިން ވަނީ ބައިވެރިވެ ވަަޑައިގެންފަ އެވެ.

މިނިސްޓަރު މާރިޔާ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް ސިފައިންގެ ވެލްފެއާ ކުންފުނި ސިފްކޯގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސިފައިންނަށް އިމާރާތް ކުރަމުން އަންނަ ފްލެޓްތައް އަވަހަށް ނިންމުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

ސިފްކޯގެ ހިޔާގެ މަސައްކަތް ކުރިޔަށް ނުގެންދެވި މީގެ ކުރިން މަޑު ޖެހިަފއިވުމުން، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެފައި ވަނީ، އެ މަސައްކަތް ހަވާލުކުރި ފަރާތައް ދޭން ޖެހޭ ފައިސާ ނުދެވުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި މަޑު ޖެހުނީ ކަމަށެވެ. ސިފައިންގެ ފްލެޓްތައް އެއް އަހަރުގެ ތެރޭގައި ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.