ލިވަޕޫލް

ލިވަޕޫލްގެ ކުޅުންތެރިންނަށް ކްލޮޕްގެ ތަފާތު އިރުޝާދެއް

މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް، މިރޭ ނިކުންނަ ލިވަޕޫލްގެ ކުޅުންތެރިންނަށް، އެ ޓީމުގެ ކޯޗް ޔާގަން ކްލްޕް ތަފާތު މެސެޖެއް ދީފި އެވެ.

ކްލޮޕް ބުނީ، ލިވަޕޫލް މެޗަށް ނިކުންނަނީ ލިވަޕޫލްގެ އަމިއްލަ މައްސަލަތަކާއެކު އަމިއްލަ ޓާގެޓެއް އޮވެގެން ކަމަށެވެ. އޭނާ ބުނީ، މިރޭގެ މެޗުގައިި ލިވަޕޫލްގެ ކުޅުންތެރިން ކުޅެން ޖެހޭނީ "ރުޅި އައިސްފައި" ތިބެގެން ކަމަށެވެ.

"އަހަރެންގެ ޕޮއިންޓް ހޯދަން އަހަރެމެން ބުރަކޮށް މަސައްކަތް ކުރާނަން، އަހަރެމެން ޖެހޭނީ ރުޅި އައިސްފައި ތިބެން." ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި، މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން 9:00 ގަ އެވެ. މިރޭގެ މެޗުން ބަލި ނުވެ ނިންމާލެވިއްޖެނަމަ، ލިވަޕޫލްގައި ކްލޮޕަށް ރެކޯޑެއް ހެދޭނެ އެވެ. އެއީ ބަލި ނުވެ، ޖެހިޖެހިގެން އެންމެ ގިނަ މެޗު ފުރިހަމަ ކުރުމުގެ ރެކޯޑެވެ. އެއީ ބަލި ނުވެ ޖެހިޖެހިގެން 18 މެޗު ފުރިހަމަ ކުރުމުވެ. މިހާރު މި ރެކޯޑްގައި ލިސްޓް ކުރެވިފައި ވަނީ، ލިވަޕޫލްގެ ކުރީގެ ކޯޗް މިހާރު ނިއުކާސަލްގެ ކޯޗް ރަފާ ބެނިޓޭޒް އެވެ. އޭނާ ވަނީ ލިވަޕޫލްގައި 2008 ވަނަ އަހަރު ބަލި ނުވެ ޖެހިޖެހިގެން 17 މެޗު ފުރިހަމަ ކޮށްފަ އެވެ.

ކްލޮޕް ވަނީ، ޔުނައިޓަޑްގެ ކޯޗް ހޯޒޭ މޮރީނިއޯ އަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ މޮރީނިއޯ އަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗް ކަމަށެވެ. އޭނާ ބުނީ، މެންޗެސްޓާ އާއިި ލިވަޕޫލްގެ ކުރިމަތި ލުމުގައި ކޯޗް ކޮށްދޭން ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

"މިއީ އެންމެ ބޮޑު ކުރިމަތިލުން، [ޔުނައިޓަޑްގެ ކުރީގެ ކޯޗް] ސާރ އެލެކްސް ފާގަސަން، ބުނެފައި ވަނީ، މީ އިނގިރޭސި ވިލާތުގެ ކްލެސިކޯ ކަމަށް،" ކްލޮޕް ވާހަކަ ދެއްކި އެވެ. "އެހެން ވީމަ އަހަންނަކީ ވަރަށް ނަސީބު ރަނގަޅު މީހެއް، ސަބަބަކީ އަހަރެން ވަނީ ޖަރުމަންގެ ކްލެސިކޯ [ބުރޫޝިއޯ ޑޯޓަމުންޑް އާއި ބަޔާން މިޔުނިކް] ގެ ކުރިމަތި ލުމުގައި ކޮޗް ކޮސްދެން ފުރުސަތު ލިބުނު."