ރައީސް އޮފީސް

މަރުކަޒުގެ އިމާމު ކަމަށާއި ހެލްތުގެ ނައިބު ކަމަށް ބޭފުޅުން ލައްވައިފި

އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ނައިބުގެ ފެންވަރުގައި އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް ހަމަޖެއްސެއްވީ ހދ. ކުޅުދުއްފުށި، ސަބުނަމީގެ، ޝައިޚް އިބްރާހީމް ރަޝީދު ޙަސަނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިނިސްޓާ އޮފް ހެލްތުގެ ނައިބުގެ މަގާމަށް މިއަދު ސ. ފޭދޫ، ޕިންކްހައުސް، ޝިޔާމާ މުޙައްމަދު ވެސް ވަނީ ހަމަޖައްސަވާފަ އެވެ.