މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން، އޯގަސްޓް މަހަށް ފަހު އާސެނަލްއިން ބަލި ނުވެ، ދަމަހައްޓަމުން އަންނަ ރޭހަށް ސައުތު ހެމްޓަންއިން ނިމުން ގެނެސްފި އެވެ.
ސައުތުހެމްޓަންގެ އާ ކޯޗް، އޮސްޓްރިއާގެ ރާލްފް ހަސެންހުޓެލްގެ ކޯޗު ކަމުގެ ދަށުން، އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 ންނެވެ. މެޗުގެ 85 ވަނަ މިނެޓްގައި، ސައުތުހެމްޓަން މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ، ޗާލީ އޯސްޓަން އެވެ.
ހަސެންހުޓެލް، އާސެނަލްގެ ކޯޗު ކަމާ ހަވާލު ވުމަށް ފަހު، އޭނާ ބުނީ ކުޅުންތެރިންގެ ފަރާތުން ނެރެންޖެހޭ މެކްސިމަމް ނެރުމަށް އޭނާ ބާރުއަޅާނެ ކަމަށެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ސައުތުހެމްޓަންއިންނެވެ. އެ ޓީމުގެ ލަނޑު އޭނާ ކާމިޔާބު ކުރި މެޗުގެ 20 ވަނަ މިނެޓްގައި ޑެނީ އިންގްސް އެވެ.
އާސެނަލްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، ހެންރިކް މިހިތާރިޔަން އެވެ. މެޗުގެ 28 ވަނަ މިނެޓްގައި، އޭނާ އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނަސް، ފުރަތަމަ ހާފު ނިމުގެ ކުރިން ޑެނީ އިންގްސް ވަނީ އަލުން ސައުތުހެމްޓަން އަށް ލީޑް ނަގައިދީފަ އެވެ. އެހެންނަމަވެސް ދެ ވަނަ ހާފު ފެށުނު ތަނުން އަލުން މިހިތާރިޔަން އަލުން އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ލިވަޕޫލްގެ ކޯޗް، ޔާގަން ކްލޮޕް އާއެކު ކޯޗިން ކޯސް ފުރިހަމަ ކުރި، ހަސެންހުޓެލްގެ ކިބައިގެވެސް ކްލޮޕްގެ ކެރެކްޓާގެ ސިފާތައް ފެނުނެވެ. މެޗަށް ފަހު އޭނާ ވަނީ ކުޅުންތެރިންނާއެކު ވަރަށް ބޮޑަށް އުފާ ފާލު ކޮށްފަ އެވެ. މި ބައްޔާއެކު ދެވވިގެން ދިޔައީ އާސެނަލްިން ބަލި ނުވެ ދަމަހައްޓަމުން އައި 22 މެޗުގެ ޓްރެކެވެ.
މިރޭ، ބްރައިޓޮންހޯވް އެލްބިއޯން އާ ދެކޮޅަށް ކުޅުނު ޗެލްސީ ވަނީ 2-1 ން މެޗު ކާމިޔާބު ކޮށް ޗެލްސީ ވަނީ އާސެނަލްއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ފުޅާކޮށް، ހަތަރު ވަނަ މަގާމުގައި ހަމަޖެހިލާފަ އެވެ.