ހަބަރު

ރާއްޖޭގެ ސަރަހައްދުން ލަންކާގެ މަސްބޯޓެއް އަތުލައިގެންފި

Dec 20, 2018
2

ރާއްޖޭގެ ސަރަހައްދަށް ވަދެ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ބޯޓެއް ކޯސްޓް ގާޑުން އިއްޔެ އަތުލައިގެންފި އެވެ.

ކޯސްޓްގާޑުން ބުނީ، އެ ބޯޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށް ފެނިފަިއ ވަނީ، އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. "ވާދީ" ނަމަކަށް ކިޔާ ދިވެހި މަސްދޯންޏަކަށް އެ ބޯޓް ފެނިގެން ރިޕޯޓް ކުރީ އިއްޔެ މެންދުރު 1:13 އެހާކަން ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެ ބޯޓު މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތީ، ގދ. ގައްދޫ އިރުދެކުނުން 42 މޭލު ބޭރުން ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

"އޮޝާދީ 1" ނަމަކަށް ކިޔާ އެ ބޯޓް ސްރީލަންކާގެ ހަ މަސްވެރިންނާ އެކު ކޯސްޓްގާޑަށް އަތުލައިގަނެވުނީ އިއްޔެ ހަވީރު 4:30 އެހާއިރު އެވެ. އެ ބޯޓާއި އެ ހުރިހާ މަސްވެރިން މިހާރު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ބޭރުގެ މަސްބޯޓްތަކުން ދޭތެރެ ދޭތެރެއިން ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރުމުގެ މައްސަލަތައް ފެންމަތިވެ
އެވެ.