ކުޅިވަރު

ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަން ރޮކްސްޓްރީޓް ހޯދައިފި

ފައިނަލުގައި ސުޕަ ޔުނައިޓަޑް ސްޕޯޓްސް ބަލިކޮށް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ރޮކް ސްޓްރީޓް ހޯދައިފި އެވެ.

ފައިނަލަށް ދެ ޓީމު ދަތުރު ކުރުމުން، ދެ ޓީމު ވެސް ވަނީ، އަންނަ އަހަރުގެ ދެ ވަނަ ޑިވިޝަނުން ޖާގަ ކަށަވަރު ކޮށްފަ އެވެ. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފަރުހާދު އިސްމާއީލް (ފަރޭ) ކޯޗު ކޮށްދިން، ރޮކް ސްޓްރީޓް މެޗު ކާމިޔާބު ކުރީ، 2-0 ންނެވެ.

އެ ޓީމުން މެޗުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 58 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ހުސައިން އަބްދުލް މަޖީދެވެ. ދެ ވަނަ ލަނޑު 74 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނާހިލް އިބްރާހިމް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ނާހިލް އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ބުރު ސްޕޯޓްސް ކުލަބުގެ އަބްދުﷲ އަރުޝާން އެވެ.