ރައީސްގެ ނައިބު ފައިސަލް ނަސީމް ހދ. ކުޅުދުއްފުށްޓަށާއި ނޮޅިވަރަމަށާއި ހަނިމާދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި މި ތިން ރަށުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތާނގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ނައިބު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.
މީގެކުރިން ފައިސަލް ވަނީ ހއ. ދިއްދޫއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. މިދިޔަ ހަފުތާ އަމިއްލަ ރަށް ކަމަށްވާ ފުވައްމުލަކަށް ވެސް ވަޑައިގެންނެވި އެވެ.