ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫނުގެ ދެކަނބަލުން ބޭހަށް ފުރާ ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުއްލް ގައްޔޫމް އަދި އެމަނިކުފާނުގެ އަނބިކަަބަލުން، ނަސްރީނާ އިބްރާހިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެންފި އެވެ.

ބޭރަށް ބޭސް ކުރައްވަން މައުމޫން ރާއްޖެއިން ފުރާ ވަޑައިގަންނަވާ ކަމަށް ވިދާޅުވަމުން މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދެކަނބަލުން ބަޑައިގަންނަވަނީ އިންޑިއާގެ، ކޮއިންޕަތޫރަށް ކަމަށެވެ. މައުމޫން ވިދާޅުވީ ބޭސް ފަރުވާއަށް ފަހު މި ހަފުތާގެ ތެރޭ އެނބުރި ރާއްޖެ ވަޑައިގަތުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރިޝްވަތު ދިނުމުގެ ކުށުގައި މީގެ ކުރިން ޖަލަށް ލާފައިވާ މައުމޫންގެ ސިއްހީ ހާލުކޮޅު ދަށްވަމުންދާ ކަމުގެ ޝަކުވާ، އެ މަނިކުފާނުގެ ވަކީލުންނާއި އާއިލާގެ ފަރާތުން ކަމާބެހޭ މުވައްސަސާތަކަށް ކުރިން ހުށަހެޅި އެވެ.