ޓޮޓެންހަމް ހޮޓްސުޕާ އަކީ، ތައްޓަށް ވާދަ ކުރެވޭނެ ޓީމެއް ކަމަށް، ރޭ އެވަޓަންގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު ،ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
އެވަޓަންގެ މައްޗަށް، ޓޮޓެންހަމް މޮޅުވީ، 6-2 ންނެވެ. މިއީ އެވަޓަންގެ ކޯޗް މާކޯ ސިލްވާގެ ކޯޗު ކަމުގެ ދަށުން އެ ޓީމު މިހާ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. ޓޮޓެންހަމްގެ ހަ ލަނޑުގެ ތެރެއިން، ހެރީ ކޭން އާއި ހިއުންގް މިން ސަން ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ޑެލީ އަލީ އާއި ކްރިސްޓިއަން އެރިކްސަން އެވެ. އެވަޓަންގެ ލަނޑުތައް ކާމިޔާބު ކުރީ ތިއޯ ވޮލްކޮޓް އާއި ޖިލްފީ ސިގްޓްސަން އެވެ.
ޕޮޗެޓިނޯ ބުނީ ލީގް ކާމިޔާބު ކުރުމުގެ ރޭހުގައި ހަގީގީ ފޭވަރިޓުންނަކީ ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ކަމަށެވެ. "އަހަރެމެންގެ ޓީމުވެސް ހިމެނޭނެ، އެހެންނަމަވެސް ޗެލްސީ، އާސެނަލް އަދި މެންޗެސްޓާ ޔުނައިޓަޑްވެސް އެބައޮތް،" އާޖެންޓީނާގެ ކޯޗް ބުންޏެވެ. "އަހަންނަށް ހީވަނީ އަހަރެމެންނަކީ ތައްޓަށް ވާދަ ކުރާ ފޭވަރިޓޭ ޓީމެކޭ ބުނަން އަދި ވަރަށް ދިގު މަރުހަލާއެއް އެބައޮތް ހެން."
"އަހަރެމެން (ރޭ) ކުޅުނު ގޮތަށް ސީޒަންގައި ކުޅެފިނަމަ، އަހަންނަށް ހީވަނީ ފަހަރެއްގައި އަހަރެމެންނަކީވެސް ތައްޓަށް ވާދަ ކުރެވޭ ފޭވަރިޓެކޭ ބުނެވިދާނެ، އަހަރެމެން ވާދަ ކުރަން ހަތަރު މުބާރާތުގައި، ރޭ މިދެއްކި ކުޅުމުން އަހަރެމެންގެ އެހުރި ބުންވަރު ފެނިފައި އެންމެން ހައިރާން ވެއްޖެ، އަހަރެމެން ދައްކައިދީފިން އަހަރެމެންނަކީވެސް ތަފާތު ޓީމެއް ކަންް."
ޓޮޓެންހަމް ރޭ ކުޅުނު މެޗުން މޮޅުވެ، އެ ޓީމު ވަނީ، މެންޗެސޓާ ސިތީއާ ދެ ޕއޮިންޓަށް ފަރަގު ކުޑަކޮށް ތާވަލުގެ ތިން ވަނައިގައި ހަމަޖެހިލާފަ އެވެ.