ކުޅިވަރު

ނެންގޮލާން ސަސްޕެންޑް ކޮށްފި

އިންޓަ މިލާންގެ ބެލްޖިއަމްގެ މިޑްފީލްޑާ ރަޖާ ނެންގޮލާން، އަހްލާގީ މައްސަލަތަކާ ހެދި އެ ކުލަބުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.

އިޓާލީގެ ފުޓްބޯޅައިގެ ގަދަ ބާރު، އިންޓައިން އިން ނެންގޮލާން އިއްޔަ ސަސްޕެންޑް ކުރީ ޓީމުގެ ޕްރެކްޓިހަށް ހާޒިރުވުމުގައި ތަކުރާރުކޮށް ގަޑި ޖެހުމުގެ މައްސަލަ ފެންމަތިވުމުންނެވެ. އަދި އިންޓައިން ވަނީ އޭނާ ޖޫރިމަނާވެސް ކޯށްފަ އެވެ. ޖޫރިމަނާ ކުރުމުން އޭނާ އަށް މުސާރަ ދޭނީ ޖުރިމަނާ ފައިސާ މުސާރައިން އުނި ކުރުމަށް ފަހު އެވެ.

އޭއެސް ރޯމާއަށް 38 މިލިއަން ޔޫރޯ ދިނުމަށް ފަހުން، އިންޓައިން އޭނާގެ ސޮއި ހޯދީ މި ސީޒަން ފެށުމުގެ ކުރިންނެވެ. އޭނާ ވަނީ އިންޓައަށް ކުޅުނު 15 މެޗުގައި ތިން ލަނޑު ޖަހާފަ އެވެ. މި އަންނަ ބުދަ ދުވަހު ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުން އޭނާ އަށް ފުރުސަތެއް ނުދެ އެވެ.

ރޯމާގައި ކުޅުނު އިރު މެޗެއް އޭނާ ވަނީ ދޫކޮށްލާފަ އެވެ، މި އަހަރު ފެށުމާ ދިމާކޮށް ބަނގުރާ ބޮއެގެން އަމަލަވެ އެކަމުގެ ތެރެއަށް ގެނބިފައި ހުރުމުންނެވެ.

މި އަހަރު ބޭއްވި، ވޯލްޑްކަޕުގައި ބެލްޖިއަމްގެ ސްކޮޑުން ނެންގޮލާން،30 އަށް ފުރުސަތު ނުލިބުމުން، އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފަ އެވެ.