ހަބަރު

ސިފައިންގެ އިސް ބޭފުޅުންނާ ރައީސް ބައްދަލު ކުރައްވައިފި

Dec 24, 2018
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަދި ސިފައިންގެ ވެރިޔާ މިއަދު އެމްއެންޑީއެފްގެ ހެޑްކްއާޓާސްއަށް ވަޑައިގެން އޮފިސަރުންނާ ބައްދަލު ކުރައްވައިފި އެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި ރައީސް ސޯލިހު މިއަދު ވަނީ ޖެނަރަލް އޮފިސަރުންނާއި ޔުނިޓް ކޮމާންޑަރުންނާއި ސީނިއާ ވޮރަންޓް އޮފިސަރުންނާއި އެންލިސްޓެޑް ލީޑަރުންނާ ބައްދަލު ކުރައްވާފަ އެވެ.

ސިފައިންނާ ބައްދަލު ކުރެއްވުމުގެ އިތުރުން މެންދުރުގެ ފަރިކޮޅެއްގައި ސިފައިންނާއެކު ރައީސް ސޯލިހު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިއީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސިފައިންގެ އިދާރާއަށް ކުރެއްވި ފުރަތަމަ ޒިޔާރާތެވެ. ރައީސް ސޯލިހު މިފަހުން ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އައްޔަން ކުރައްވާފަ އެވެ.