މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރު، ސިފަވަރަށް ޒިޔާރަތް ކުރައްވައިފި

Dec 24, 2018
3

އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުން އަންނަ "ސިފަވަރަ" ށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ޒިޔާރަތްކުރައްވައި ބައްލަވާލައްވައިފި އެވެ.

މިނިސްޓަރު މާރިޔާ ސިފަވަރަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި ހަދާފައިވާ ބައެއް އިމާރަތްތައް ބައްލަވާލެއްވުމުގެ އިތުރުން އުތުރު ތިލަފަޅު ސަރަޙައްދު ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައިވާ ގޮތާ ގުޅޭ ގޮތުން އެކަމަނާ މައުލޫމާތު އޮޅުންފިލުއްވެވި އެވެ.

ސިފަވަރާއި އުތުރު ތިލަފަޅު ތަރައްގީ ކުރާ ގޮތުގެ މައުލޫމާތު އެކަމަނާއަށް ދެއްވާފައިވަނީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) ގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ.

އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ފެށީ އޯގަސްޓް 6، 20113 އިގަ އެވެ. ސިފަވަރުގައި ކޯސްޓްގާޑު އުޅަނދު ފަހަރު އެޅުމަށް ތަރައްގީ ކުރި ކަލާސީ ބަނދަރާއި ސިފަވަރުގައި އިމާރާތްކުރި މިސްކިތް ހުޅުވާފައިވަނީ މާރިޗު 21، 2014 އިގަ އެވެ.