ޕުއެބްލާ (ޑިސެމްބަރު 24) - މެކްސިކޯގެ ގަވަރުނަރަކާއި، ސެނެޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، އެކަމަނާގެ ފިރިކަލުން ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި، އެ ދެމަފިރިން މަރުވެއްޖެ އެވެ.
މެކްސިކޯގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމުގައިވާ ޕުއެބްލާގެ ގަވަރުނަރުކަމުގެ ހުވާ ދާދި ފަހުން ކުރެއްވި، މާތާ އެރިކާ އެލޮންލޯ އާއި އެ ސިޓީގެ ކުރީގެ ގަވަރުނަރު އަދި މިހާރުގެ ފެޑެރެލް ގަވަރުނަރު މޮރޭނޯ ވާލޭ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ޕުއެބްލާއިން ނައްޓާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.
މެކްސިކޯގެ އާ ރައީސް އެންޑްރޭސް މެނުއެލް ލޯޕޭޒް އޮބްރާޑޯ ވަނީ އެ ހިތާމެރި ހާދިސާގައި އެ ދެމަފިރިންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
އޮބްރާޑޯގެ ކެންޑިޑޭޓް ބަލި ކުރައްވައި، ޕުއެބްލޯގެ ގަވަރުނަރުކަމަށް އިދިކޮޅުގެ އިސް ސަފުގައި ވެސް މަސައްކަތް ކުރައްވާ އެލޮންސޯ ވަޑައިގެންނެވީ މީގެ ދެ ހަފްތާ ކުރިންނެވެ.
އެކަމަނާގެ ފިރިކަލުން ވަނީ ޕުއެބްލާގެ ގަވަރުނަރުކަން 2011 އިން 2017 އަށް ކުރައްވައިފަ އެވެ.
ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބެއް އަދި ސާފުނުވާއިރު، ހެލިކޮޕްޓަރު ދުއްވި ޕައިލެޓް މަރުވިކަމެއް ވެސް އަދި ނޭނގެ އެވެ.
ފަހުގެ ތާރީހުތަކުގައި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާތައް މެކްސިކޯގައި ވަނީ އިތުރުވެފަ އެވެ.