ދިވެހި ސިނަމާ

ގޮށްރާޅުގެ ޓިކެޓް ވިއްކުން ޖެނުއަރީ ހަތަރެއްގައި

"ޑާކްރެއިން އެންޓަޓެއިންމަންޓްސް" އިން އަންނަ ފެބްރުއަރީ މަހު ރިލީޒް ކުރާ ފިލްމު "ގޮށްރާޅު" ގެ ޓިކެޓްތައް ޖެނުއަރީ އެކަކުން ފަށައިގެން ވިއްކަން ފަށާނެ އެވެ.

"އަވަސް" އާ ވާހަކަ ދައްކަމުން ޑާކްރެއިން އެންޓަޓެއިންމަންޓްގެ ޕްރޮޑިއުސަރު މުހައްމަދު އަލީ، މޮގާ ބުނީ ޖެނުއަރީ ހަތަރުވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 10 އަކުން ފަށައިގެން ރޭގަނޑު 10 އަކަށް އޮލިމްޕަހުގައި ޓިކެޓް ވިއްކާނެ ކަމަށެވެ. ފިލްމު ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ.

ގޮށްރާޅުގެ ޓްރެއިލާ

ކްރައިމް ތްރިލާ އަކަށް އުފައްދާ "ގޮށްރާޅު"ގެ ލީޑު ރޯލުން ޖުމައްޔިލް ނިމާލް ފެނިގެންދާއިރު، މި ފިލްމުގައި މުހިންމު ރޯލުތަކުން ހަސަން އިރުފާން (ޒަކިއްޓެ) އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެންނާނެ އެވެ. މިއީ އަންނަ އަހަރަށް ޑާކްރެއިން އިން ނެރޭ ފިލްމުތަކުން ފާހަގަ ކޮށްލެވޭނެ ވަރުގެ ފިލްމެއް ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.