އޭޑީކޭ ޓްރޭޑިން

އޭޑީކޭ ޖީޓީ ސްނެޕް އިން ޕްރޮމޯޝަނެއް ފަށައިފި

އޭޑީކޭ ޖީޓީ ސްނެޕް ފިހާރަ އިން ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

"ސްޕިން ދަ ވީލް އެންޑް ވިން" ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށް ދާނީ 23 ޑިސެމްބަރުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ.

އޭޑީކޭ ޖީޓީ ސްނެޕް ފިހާރައިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ ކަމަށާއި، ފިހާރަ އަށް ގޮސް ވީލް އަންބުރާލުމުން ބައިވެރިވެވޭނެ ކަމަށެވެ.

ބައިވެރިވާ ފަރާތްތަކަށް އިނާމްގެ ގޮތުގައި ލިބޭ ތަކެތީގެ ތެރޭގައި މާސްޓަ ޗެފް ބާސްމަތީ ރައިސް އާއި މާސްޓަ ޗެފް ކޮކަނަޓް މިލް ޕައުޑަރު އަދި މަސްޓަ ޗެފް ސޯސް އަދި މަޔޮނައިޒް އާއި މެލިބަން ބިސްކޯދު އަދި ޓީމާ ޖޫސް ޕަކެޓް އަދި ޓީ ސިޕްސްގެ އެކި ފްލޭވަރ ސައިފަތް ޕަކެޓް ހިމެނޭ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާއިރު، ފޭސްބުކް ޕޭޖް މެދުވެރިކޮށް ނުވަތަ ޑެލިވަރީ ހޮޓްލައިން 7939339 އަށް ގުޅައިގެން ކުރާ ކޮންމެ 300 ރުފިޔާއިން މަތީ ވިޔަފާރިއަކަށް ފަސް ޕަސެންޓާއި 10 ޕަސެންޓުގެ ޑިސްކައުންޓް ނުވަތަ ހިލޭ ހަދިޔާ އެއް ލިބޭނެ އެވެ. މި އިނާމުތަކުގެ އިތުރުން "ސްޕިން ދަ ވީލް އެންޑް ވިން" ގައި ބައިވެރިވާ ފަރާތްތަކަށް ފޭސްބުކް ޕޭޖް " އޭޑީކޭ ޖީޓީ ސްނެޕް އޮންލައިން" ޑިސްކައުންޓް ވައުޗަރ ލިބޭނެ އެވެ.

އޭޑިކޭ ޖީޓީ ގިނަ ވައްތަރުގެ މުދާ އެތެރެކޮސް ރީޓެއިލްކޮށް އަދި ހޯލްސޭލްކުރެ އެވެ.