އާ އަހަރާއި ދިމާކޮށް ހާއްސަ އޮޕަރޭޝަނެއް ފަށަން ފުލުހުންގެ އިދާރާއިން ތައްޔާރުވެއްޖެ އެވެ.
ފުލުހުންގެ އިދާރާއިން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދަން ނިންމާފައި މި އޮޕަރޭޝަނަކީ އާ
އަހަރާއި ދިމާކޮށް މާލެއާއި މާލެކައިރި ސަރަހައްދުތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުން ކުރުން ހުއްޓުވުމަށާއި އަމާން ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ ގޮތުން ފަށާ އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުންގެ ވެބްސައިޓްގައިވާ ގޮތުން މި އޮޕަރޭޝަންގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންގެ އޮޕަރޭޝަނަލް ހުރިހާ ޑިޕާޓްމަންޓަކާއި ކަސްޓަމްސް ބައިވެރިވާނެ އެވެ. އަދި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން މާލެ އާއ ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން މާލެއާއި ކައިރި ރަށްރަށުގައި ވެސް ހަރަކާތްތައް ކުރިޔަށް ގެންދާނެ އެވެ.
އާ އަހަރު ފެށުމާ ދިމާވާ ގޮތަށް މީގެ ކުރިން ވެސް މިފަދަ އޮޕަރޭޝަން ފުލުހުން ހިނގަ އެވެ.