ކީލިއަން އެމްބާއްޕޭ

ގްރީޒްމަން، ވަރާން ފަހަތަށް، ފްރާންސްގެ އެއްވަނަ އެމްބާޕޭ

އެންޓްއާން ގްރީޒްމަން އާއި ރަފޭލް ވަރާން ފަހަތަށް ޖައްސާލުމަށް ފަހު، ފްރާންސްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޕީއެސްޖީގެ ޒުވާން ފޯވަޑް، ކިލިޔަން އެމްބާޕޭ ހޯދައިފި އެވެ.

މި އަހަރުގެ ވޯލްޑްކަޕު ފްރާންސަށް ހޯދައިދިނުމަށްޓަކައި އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ގްރީޒްމަން އާއި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ވަރާން ވެސް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެހެންނަމަވެސް އެވޯޑް ލިބޭނީ އެންމެ ކުޅުންތެރިޔަކަށެވެ.

ފްރާންސްގެ ފުޓްބޯޅައިން ހޮވާ އެ ގައުމުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، އެ މަޖައްލާއިން ދީފައި ވަނީ އެމްބާޕޭއަށެވެ. ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި ވަރާން އަށް ލިބުނީ ދެ ވަނަ އެވެ. އެތުލެޓިކޯ އާ އެކު ޔޫރޮޕާ ލީގް ހޯދި ގްރީޒްމަންއަށް ލިބިފައި ވަނީ ތިން ވަނަ އެވެ.

ފްރާންސްގެ ފުޓްބޯޅައިން މި މަހު ހޮވި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ބެލަންޑޯ އެވޯޑްގައި އެމްބާޕޭ ވަނީ ހަތަރު ވަނަ ހޯދާފަ އެވެ. އޭގެ އިތރުން މި އަހަރު އަލަށް ދޭން ފެށި އެވޯޑެއް ކަމަށްވާ އެންމެ މޮޅު ޒުވން ކުޅުންތެރިޔާގެ އެވޯޑް 'ކޮޕާ އެވޯޑް' ހޯދީވެސް އެމްބާޕޭ އެވެ. މިއަހަރުގެ ވޯލޑްކަޕުގައި ވެސް އެންމެ މޮޅު ޒުވާން ކުލުންތެރިޔާގެ އެވޯޑް ހޮދި އެމްބާޕޭ އެވެ.