ހަބަރު

ރައީސް ސޯލިހުގެ ހިންނަވަރަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެ މަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރަށް ވަޑައިގެންފި އެވެ.

އެމަނިކުފާނު މިއަދު ރ. އަތޮޅަށާއި ނ. އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް ވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ. ރައީސް އޮފީހުން ބުނީ، އެމަނިކުފާނު ހިންނަވަރަށް ކުރެއްވި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރައީސް ރ. ދުވާފަރަށް ވަޑައިގެން ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދައްކަވާފައި ވެއވެ. އަދި މި ދަތުރުފުޅުގައި އެ އަތޮޅުގައި އަލަށް ހުޅުވާ ކުޑަދޫ އައިލެންޑް ރިޒޯޓް ހުޅުއްވައި ދެއްވުންވެސް އޮންނާނެ އެވެ. މީގެ އިތުރުން ނ. ހެނބަދޫއަށް ވަޑައިގެން އެރަށުގައި ނަރުދަމާގެ ނިޒާމު ފައްޓަވައިދެއްވުމަށްމަށް ހަމަޖައްސާފައި ވެއެވެ.

މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް މާލެވަޑައިގަންނަވަނީ މާދަމާގެ ވަގުތެއްގަ އެވެ.